ސައިކަލު ދުއްވަމުން ވޭޕު ކުރި މީހަކު 10،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ފުލުހުން މިއަދު ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވޭޕު ކުރި ނުވަ މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ މީހުން ޖޫރިމަނާ ކުރީ ޖުމްލަ 50،000 ރުފިޔާއަށެވެ.

މީހަކު ވޭޕު ކުރަނީ

ސައިކަލު ދުއްވަމުން ވޭޕު ކުރި މީހަކު 10،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

ދުންފަތުގެ ގާނޫނަށް އިސްލާހު ގެނެސް ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕުކުރުމަށް ބޭނުންކުރާ އާލަތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ވޭޕުކުރަން ބޭނުންކުރާ އެއްޗެއް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އެއިން އެއްޗެއް ހިލޭ ކުޑަކުއްޖަކަށް ދީފިނަމަ އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

އޭގެ އިތުރަށް ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަނގު އުމުރަކީ 21 އަހަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ގެނެވުނު އިސްލާހާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން އެ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވޭޕު ކުރި ނުވަ މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ މީހުން ޖޫރިމަނާ ކުރީ ޖުމްލަ 50،000 ރުފިޔާއަށެވެ. އެ މީހުންގެ ތެރެއިން އެކަކު ވަނީ ސައިކަލު ދުއްވަމުން ވޭޕު ބޭނުންކޮށްފައި ކަމަށާ އެ މީހާ 10،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދުންފަތް ކޮންޓުރޯލުކުރުމުގެ ގާނޫނަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއިރުގެ މަޖިލީހުން ފާސްކޮށް 2010 ވަނަ އަހަރުގެ އޯގަސްޓު މަހުގައި އަމަލުކުރަން ފެށި ގާނޫނެކެވެ. މި ސަރުކާރުން ހުށަހަޅައިގެން 20 ވަނަ މަޖިލީހުން އެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނަށް އަމަލުކުރަން ފެށިފަހުން 14 އަހަރު ތެރޭ ފުރަތަމަަ ފަހަރަށް ގެނައި އިސްލާހެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.