އެޗްޑީސީ އިން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައި މިވަނީ ހުޅުމާލެ އިން ވަގަށް ބިންތަކެއް ވިއްކި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަމުން ދަނިކޮށެވެ.
ހުޅުމާާލޭގެ ބެލެނިވެރިކަން އޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.
އެޗްޑީސީން ވަގަށް ނަގާފައި ވަނީ ފަސް ލެޕްޓޮޕެވެ. ފުލުހުން ބުނީ އެޗްޑީސީ އިން ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލައެއް ބަލަމުންދާ ކަމަށެވެ. ލެޕްޓޮޕްތައް ގެއްލުނީ އެޗްޑީސީގެ ފަރުކޮޅު އޮފީހުންނެވެ.
އިތުރު ތަފްސީލެއް ނުދީ ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެޗްޑީސީ އިން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައި މިވަނީ ހުޅުމާލެ އިން ވަގަށް ބިންތަކެއް ވިއްކި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަމުން ދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ބެލެވޭ ގޮތުން އިސްތިއުފާ ދެއްވީ ޕްރެޝަރު ބޮޑުވެ ރައީސް ވެސް އެގޮތަށް އެންގެވުމުންނެވެ.
އޭނާ އިސްތިއުފާ ދެއްވީ އެ މައްސަލައިން ބަރީއަވާން ވަރަށް ގިނަ ވާހަކަތައް ދައްކަވާ ނަޒާހަތްތެރިކަން ސާބިތުކޮށް ދެއްވުމަށް މަސައްކަތް ކުރެެއްވުމަށް ފަހު އެވެ. ވަގަށް ގޯތި ހޯދި ބޭފުޅުންގެ ތެރޭގައި ފަޒުލްގެ ބޭބެ ހިމެނެ އެވެ.
އޭނާ އަކީ ފެން ކުންފުނީގެ ޑީއެމްޑީ އެވެ. މައްސަލަ ފެންމަތިވުމުން އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީގެ އެމްޑީގެ މަގާމު ދެއްވީ ޑރ. މައުރޫފް ޖަމީލަށެވެ.