އެ އޮޕަރޭޝަން ގައި 26 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. އަދި ހަތަރު މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ހިންގި އޮޕަރޭޝަން ގައި ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ބިދޭސީން ގަވާއިދަށް ފައްތާ ގަވާއިދާ ހިލާފު ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ ބޮޑު އޮޕަރޭޝަން މެދުނުކެނޑި ކުުރިއަށް ގެންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އިމިގްރޭޝަނުން ބުނީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން ގައި 26 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. އަދި ހަތަރު މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ބުންޏެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެ މީހުން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ނޮވެންބަރު 17، 2023 އިން ފެށިގެން މިހާތަނަށް 257 ތަނެއް ރެއިޑްކޮށް 3،322 ބިދޭސީން ޑީޕޯޓްކޮށްލާފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ނަމުގައި ހާއްސަ ޕޯޓަލެއް ވަނީ ތައާރަފު ކޮށްފަ އެވެ. އިމިގްރޭޝަންގެ މަސައްކަތްތަކުގެ ހަރުދަނާކަން ފެނި ވަރަށް ގިނަ ބަޔަކު ދަނީ ބިދޭސީނާ ގުޅޭ ތަފާތު އެކި މައްސަލަތައް އެ ޕޯޓަލްއަށް ހުށައަޅަމުންނެވެ. އެ މައްސަލަތަކަށް ވަރަށް އަވަހަށް އެޓެންޑް ވެސް ވެ އެވެ.
ގަވާއިދާ ހިލާފު ބިދޭސީން ހުއްޓުވާ އެ މީހުންގެ ވިޔަފާރިތައް ހުއްޓުވަން އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތަށް އެންމެންހެން ތައުރީފު ކުރެ އެވެ. ޕޯޓަލަށް ހުށައަޅާ މައްސަލަތައް އިތުރުވެފައި ވަނީ މައްސަލަތަކަށް އިމިގްރޭޝަނުން އެޓެންޑްކޮށް މައްސަލަ ހައްލު ކުުރުމަށް އިހްލާސްތެރި ކަމާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރާކަން ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މިހާތަނަށް 290 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އިމިގްރޭޝަނުން އަންނަނީ 146 މައްސަލައިގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.
މި މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު އެހެން މައްސަލައެއް ވެސް ދަނީ ހައްލު ވަމުންނެވެ. ދިވެހީންނަށް ވިއްކާ ވަރަށް ގިނަ ކާބޯތަކެތި ތައްޔާރު ކުރަނީ ބިދޭސީންގެ އެކި އައްޑާތަކުގަ އެވެ. އެ ތަންތަނަކީ ވަރަށް ނުތާހިރު ތަންތަނެވެ. އިމިގްރޭޝަނުން ދަނީ ހާއްސަ ސަމާލު ކަމެއް ދީގެން އެފަދަ ތަންތަން ވެސް ރެއިޑް ކުރަމުންނެވެ. އެފަދަ ވިޔަފާރިތައް ހުއްޓުވާ އެކަމުގައި އުޅޭ މީހުން ދަނީ ވަަގުތުން ޑީޕޯޓް ކުރަމުންނެވެ.