ކުއްޖާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސް އަސުރު ނަމާދަށް ފަހު ޖަނާޒާ ވަނީ ބާއްވާފަ އެވެ. ކުއްޖާގެ ހަށިގަޑު ވަޅުލީ ހުޅުމާލެ ސަހަރާ ގަ އެވެ.
ކ. ގުރައިދޫ ގައި ތުއްތު ކުއްޖަކު ނިޔާވި މައްސަލާގައި ފުލުހުން ފަށާފައިވާ ތަހުގީގަށް ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކުއްޖާގެ ހަށިގަނޑު ވަޅުލައިފި އެވެ.
ނިޔާވީ ހަތަރު މަހުގެ ކުއްޖެކެވެ. އެއީ އެ ރަށު ރިޔާޒް މަންޒިލް، ސާމީ ބިން ސައިފުﷲ ސައީދު އެވެ.
ސާމީ ނިޔާވި މައްސަލަ ފުލުހަށް ރިޕޯޓް ކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މި ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވީ 18 ވަނަ ދުވަހު އެވެ.
ކުއްޖާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސް އަސުރު ނަމާދަށް ފަހު ޖަނާޒާ ވަނީ ބާއްވާފަ އެވެ. ކުއްޖާގެ ހަށިގަޑު ވަޅުލީ ހުޅުމާލެ ސަހަރާ ގަ އެވެ.
އެ ހާދިސާއާ ގުޅިގެން ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު ދެއަކާއި ތިނަކާ ދެމެދު ގުރައިދޫ ގައި ހަަތަރު މަހުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނުނުއިރު ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށް ބުނެ އެވެ. އެ މަރުގެ ހަގީގަތް ސިއްރު ނުކުރުމަށް ވެސް ގޮވާލާ ބަޔަކު ވަނީ ޕޯސްޓްތަކެއް ވެސް ކޮށްފަ އެވެ.
ކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރުމުން ފުލުހުންގެ ސަމާލު ކަމަށް ގެނައީ ކުއްޖާ ބެލި ޑޮކްޓަރު ކަމަށް ވެ އެވެ. ކުއްޖާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވިތާ ގިނަ އިރުތަކެެއް ވެފައިވާ ކަމަށް ވާހަކަ ދެކެވެ އެވެ.