ގެދޮރުވެެރިޔާ ސްކީމްގެ ދަށުން ހުޅުވާލި 4000 ފްލެޓް ލިބޭނެ މީހުން ވަނީ ކަނޑައަޅާފަ އެވެ.
ފުލުހުން ދެންމެ ބުނީ ހައުސިން މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ބުނެ ލިންކަކާއެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.
އެކަމަށް ސަމާލު ވާން ވެސް ވަނީ އެދިފަ އެވެ.
ގެދޮރުވެެރިޔާ ސްކީމްގެ ދަށުން ހުޅުވާލި 4000 ފްލެޓް ލިބޭނެ މީހުން ވަނީ ކަނޑައަޅާފަ އެވެ. އެކަން ކުރީ ކުރީގެ ސަރުކާރުންނެވެ. ނަމަވެސް ލިސްޓްގައި މައްސަލަ ހުރި ކަމަށް އޭސީސީން ބުނުމުން ލިސްޓް ސައްހަ ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް މިހާރުގެ ހައުސިން މިނިސްޓްރީން ކުރާތާ އެތައް މަހެއް ވެއްޖެ އެވެ.
އެ މަސައްކަތް ނިންމާ ލިސްޓް ނެރެން އެތައް ތާރީހެއް ދިނުމަށް ފަހު ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި ވަނިކޮޮށް ހައުސިން ހިންގާ އިމާރާތުގައި ރޯވެ ވަނީ އަދާފަ އެވެ.