މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން އަންހެނަކު މިހާރު ވަނީ ޑީޕޯޓްކޮށްލާފަ އެވެ. ބާކީ ތިބި ހަ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް ހިންގާ ހަރަކާތުގައި އިތުރު ބަޔަކު ހައްޔަރު ކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއާ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީ ހަތް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ދެ ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންސްފައިވާ ކަމަށެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން އަންހެނަކު މިހާރު ވަނީ ޑީޕޯޓްކޮށްލާފަ އެވެ. ބާކީ ތިބި ހަ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ފަށާފައިވާ ހާއްސަ އިންސްޕެކްޝަންތަކުގައި، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ގިނަ ބިދޭސީން ވަނީ އަތުލައިގެންފަ އެވެ. އަތުލައިގަންނަ ހުރިހާ ބިދޭސީން ވެސް ދަނީ ޑީޕޯޓް ކުރަމުންނެވެ. އަދި އެފަރާތްތަކުގެ ވަނަވަރު ވެސް އިމިގްރޭޝަނުން ދަނީ އާންމުކުރަމުންނެވެ.