ސަލަފުގެ އެއް މުއައްސިސް އަލީ ރަމީޒު އެ ޖަމާއަތުން ވަކިވެއްޖެ

"ޖަމިއްޔަތުއް ސަލަފުން އަޅުގަނޑު އިސްތިއުފާ ދީފިން،" އަލީ ރަމީޒުގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.

އަލީ ރަމީޒު: ދީނީ މައުލޫމާތު ފެތުރުމުގައި އެންމެ އިސް ދައުރެއް ފަރުދީ ގޮތުން އަދާ ކުރާ އެކަކީ އަލީ ރަމީޒު

ޖަމިއްޔަތުއް ސަލަފުގެ އެއް މުއައްސިސް އަލީ ރަމީޒު މިރޭ އެ ޖަމާއަތުން ވަކިވެ އެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

ސަލަފުގެ އޮޕަރޭޝަން މެނޭޖަރުގެ މަގާމުގައި ވެސް ހުރި އަލީ ރަމީޒު ވަނީ ސަލަފުން ވަކިވެފައިވާ ކަމަށް އިއުލާނުކޮށް ސޯސަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.

"ޖަމިއްޔަތުއް ސަލަފުން އަޅުގަނޑު އިސްތިއުފާ ދީފިން،" އަލީ ރަމީޒުގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.

އަލީ ރަމީޒު ކުއްލި ގޮތަކަށް އިސްތިއުފާ މި ދިނީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ އަށްވަނަ ދައުރު ފެށިފައި ވަނިކޮށެވެ. 2006 ވަނަ އަހަރު އެ ޖަމިއްޔާ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު އަލީ ރަމީޒު އިސްތިއުފާ ދިން ސަބަބެއް ނުބުނެ އެވެ.

މިދިޔަ އަހަރުތަކުގައި ސަލަފުން ހިންގި ވަރަށް ގިނަ ހަރަކާތްތަކުގައި އަލީ ރަމީޒުގެ މުހިންމު ދައުރެއް އޮތެވެ. އޭނާއަށް ލިބިފައި އޮތް ބޮޑު މަގުބޫލު ކަމާއި މަޝްހޫރު ކަމުގެ ސަބަބުން ވެސް ސަލަފުގެ ހަރަކާތްތަކަށް އާންމުންގެ ނަޒަރު ހުއްޓޭ ގޮތް މެދުވެރިވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.