މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ކޮންމެ ކަމެއްވެސް ކުރައްވާފައިވާނީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި، ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ފަޒުލް އިސްތިއުފާދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީފުޅު ސޯޝަލް މީޑިޔާ ޕްލެޓުފޯމުތަކުގައި ހިއްސާކުރައްވާފައިވެ އެވެ. އެ ސިޓީތަކުގައި އޭނާ ވިދާޅުވެފައިވަނީ އެކި ގޮތްގޮތަށް ސޯޝަލް މީޑިޔާގެ މަންސަތަކުގައި އޭނާއާ ގުޅުވައިގެން ފަތުރަމުންދާ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ.
އަދި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ކޮންމެ ކަމެއްވެސް ކުރައްވާފައިވާނީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި، ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި ބިންވެރިޔާއާ ގުޅިގެން ކުންފުންޏަށް ކުރާ ވަގަށް ބިން ވިއްކިކަމުގެ ތުހުމަތުތަކަކީ އެއްވެސް ގޮތަކުން އެޗްޑީސީއާ ގުޅުމެއް ހުރި ތުހުމަތުތަކެއް ނޫންކަން ފާހަގަކުރައްވަމުން ފަޒުލް ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަވުން ކަމަށެވެ.
އަދި އެ ތުހުމަތުތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތަކާއި، ކުންފުނީގެ ހިންގުން ހުއްޓިފައި އޮތުމަށް ބޭނުންނުވާ ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.
""ކަންމިހެން ހުރުމުން، ބިންވެރިޔާ ސްކީމާ ގުޅިގެން ކުރަމުންދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ރައީސަށާއި ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވަމުން ފަޒުލް ވިދާޅުވި އެވެ.
މިހާރު ކުރިއަށްދާ ބިންވެރިޔާ ސްކީމުގެ ތަހުގީގަށް ފަޒުލް ހިމެނޭހެން 20 ފަރާތެއްގެ ޕާސްޕޯޓު ފުލުހުން އެދިގެން ހިފަހައްޓާފައިވާއިރު ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފަައިވެ އެވެ.