މި އެއްބަސްވުމުގެ ދަށުން ޑޮކްޔާޑު ތަރައްގީކުރުމަށް އިހަވަންދޫން ބޮޑު ބިމެއް ހަމަޖައްސާފައިވެ އެވެ. ވަޖީހު ވިދާޅުވި ގޮތުގައި ޖުމްލަ އެއްލައްކަ އަކަަފޫޓުގެ ބިމެއް ކައުންސިލުން ހަަމަޖައްސައިދީފައިވެ އެވެ.
ހއ.އިހަވަންދޫގައި ޑޮކްޔާޑެއް އެޅުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެ ރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިހަވަންދޫ ކައުންސިލުގެ ފަރާތުން އެ ކައުންސިލުގެ ރައީސް އަހްމަަދު ސަބާހު އަދި އެމްޕީއެލްގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ސޮއިކުރެއްވި އެއްބަސްވުމާ ގުޅޭ ގޮތުން ވަޖީހު ވިދާޅުވީ އަންނަ އަހަރު ކުރީ ކޮޅުގައި ޑޮކްޔާޑުގެ މަސައްކަތް ފެށުމަކީ އަމާޒު ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ޑޮކްޔާޑު ތަރައްގީކުރުމަށް އިހަވަންދޫން ބޮޑު ބިމެއް ހަމަޖައްސާފައިވެ އެވެ. ވަޖީހު ވިދާޅުވި ގޮތުގައި ޖުމްލަ އެއްލައްކަ އަކަަފޫޓުގެ ބިމެއް ކައުންސިލުން ހަަމަޖައްސައިދީފައިވެ އެވެ.
އިހަވަންދޫއާ ކައިރި ސަރަހައްދެއްގައި ސަރުކާރުގެ ފަރާތުން ބަންކަރިން ހިމެނޭހެން މެރިޓައިމް ހިދުމަތްތައް ތައާރަފުކުރުމާ ގުޅިގެން ރިޕެއާ އެންޑް މެއިންޓެނެންސް ހިމެނޭހެން އެކި ކަހަލަ ޓެކްނިކަލް ހިދުމަތްތައް ހޯދުމަށް އެދެމުންދާ ކަމަށް ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމުން އެ ސަރަަހައްދަށް މެރިޓައިމް ހިދުމަތްތައް ހޯދުމަށް އަންނަ އުޅަނދުތަކަށް ބޭނުންވާ ޓެކްނިކަލް ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން މަރާމާތުގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށޭނެ ކަމުގައި ވަޖީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުތުރުގައި އިހަވަންދޫ ހިމެނޭ ސަރަހައްދަކީ މަސްވެރި އުޅަނދުތައް ގިނަ ސަރަހައްދެއްކަން ފާހަގަކުރައްވައ ވަޖީހު ވިދާޅުވީ މަސް އޮޑިފަހަރަށްވެސް ޑޮކިން ހިދުމަތްތައް މި ޑޮކްޔާޑުން ލިބިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން އުތުރުގެ މަސްވެރިންނަށްވެސް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ.
ވަޖީހު އިތުރަށް ބަޔާންކުރެއްވި ގޮތުގައި އެމްޕީއެލްގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ޑޮކްޔާޑުގެ މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދޭނެ ފެށުމެވެ.