އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާއިރު މިއަދު ވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. މިއަދު ވެސް ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، 136.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.
އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާއިރު މިއަދު ވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. މިއަދު ވެސް ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ވިއްސާރަކޮށްފައި ވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. މާލެއާ ގުޅިފައި އޮންނަ ހުޅުމާލެއަށް 117.4 މިލިލީޓަރުގެ ވާރޭވެހިފައިވާއިރު، ބ. ދަރަވަންދޫއަށް 11.5 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.
މިއަދުގެ މޫސުމަށް ބަލާއިރު، މެޓުން ވަނީ ހެނދުނު 8:30 އިން މެންދުރު 2:30 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އޭގެ އިތުރުން، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވެސް ހެނދުނު 9:00 އިން 3:00 އަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއޮ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ވޭތުވެ 24 ގަޑިއިރު ވާރޭ ވެހުމުގެ ސަބަބުން މާލެ ހިމޭނޭހެން ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފަ އެވެ. މާލެ ސަރަހައްދުގައި އެމްއެންޑީއެފް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފެންވަންނަ ތަންތަނުގެ ދޮރުމަތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.