ފަތުހުﷲ ގެ މައްސަލަ ބަލާއިރު ވަރަށް ގިނަ އެހެން ގާޒީންނާއި މެޖިސްޓްރޭޓުންގެ ވެސް އެފަދަ ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލައި ފިޔަވަޅު އަޅަމުން ދެ އެވެ.
މާލެ އަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައި އެކަން ހިންގާން ފަށައިފި އެވެ.
އެ ރަށުގެ އިސް މެޖިސްޓްރޭޓަކީ ފަތުހުﷲ ޖަމީލް މޫސާ އެވެ.
ޖޭއެސްސީން ފަތުހުﷲ ގެ މައްސަލަ ބަލަނީ ގުރައިދޫ ކޯޓަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތް، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 139 ވަނަ މާއްދާ އާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 122 އަދި 123 ވަނަ މާއްދާ ބުނާ ގޮތަށް ކުރިއަށް ގެންދިއުމުގައި ފަތުހުﷲ ފަރުވާ ކުޑަކޮށްފައި ވާތީ ކަމަށް ބުނެ އެވެ.
ފަތުހުﷲ ގެ މައްސަލަ ބަލަން، އާންމު އުސޫލުން ޖޭއެސްސީން ވަނީ ކޮމިޓީއެއް ހަދާފަ އެވެ. މި މިމައްސަލަ ބަލަން ނިންމީ މިމަހު 19 ވަނަ ދުވަހު އެވެ. ފަތުހުﷲ ގެ މައްސަލަ ބަލާއިރު ވަރަށް ގިނަ އެހެން ގާޒީންނާއި މެޖިސްޓްރޭޓުންގެ ވެސް އެފަދަ ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލައި ފިޔަވަޅު އަޅަމުން ދެ އެވެ.