މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މާލޭގެ އަލިކިލެގެފާނު މަގުގައި ސައިކަލެއްގައި ދަތުރުކުރަމުން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާގެ ވީޑިޔޯ ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ. އިއްޔެ ހިނގިކަމަށް ބުނާ ހާދިސާގައި އަންހެނަކު ދުއްވާފަައި ދަނިކޮށް ފަހަތުން އައި ސަކަލެއްގައި އިން ފިރިހެނަކު އޭނާގެ ކަރުގައި އޮތް ހާރެއް ޖަހައިގަންނަން އުޅޭ ތަން ފެނެ އެވެ.
ހެލްމެޓެއް އަޅައިގެން އިން ފިރިހެން މީހާއަށް ހާރު އަތުނުވުމުން ސައިކަލު މަޑުކޮށް، ސައިކަލުން ފައިބައިގެން ގޮސް އަންހެންމީހާގެ ކަރުން ހާރު ނަގަން އުޅޭ މަންޒަރު ވީޑިޔޯއިން ފެނެ އެވެ. އެމީހާ އަންހެންމީހާ ކައިރިއަށް އައުމުން ސައިކަލުން ފަައިބައިގެން އަންހެންމީހާ ދުވެ ފިލަން މަސައްކަތްކުރި އެވެ.
އެ ހިސާބުން އެތަނަށް މީހުން އައްވާން ފެށުމުން ފަށް ފޭރެން އުޅުނު މީހާ އެތަން ދޫކޮށް ސައިކަލުގައި ދެއެވެ. އޭނާއަށް އަންހެން މީހާގެ ފަށް އަތުލައިނުގަނެވެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ދުއްވި ސައިކަލުވެސް ފުލުހުން އަތުލައިފަވެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަނުކުރެ އެވެ.
ތިޔަ ކަހަލަ ކަންކަން ސިއްރު ނުކޮށް ވަނަވަރު އާންމު ކުރަން ގޮވާލަން