މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ޕަބްލިކް ޓްރާސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ފުލުހުން ބުނީ މާލޭގެ ކާރޫބާރޫ ބޮޑު ބައެއް މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ޕަބްލިކް ޓްރާސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަގުތަކަކީ؛
ފުލުުހުން ވަނީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އާންމުންދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
ވެހިކަލް ޓޯ ކުރުމާއި ޕާކިން ސްޓިކާ ޖެހުން ހުއްޓާލާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަން ކުރަން ފުލުހަށް ހުރަސް އެޅެނީ ސިޔާސީ ވެރީން މަގާމުތަކަށް ވަޑައިގަތުމަށް ވެވަޑައިގަންނަވާ ދެކޮޅު ނުޖެހޭ ވައުދުތަކުގެ ސަބަބުންނެވެ. ވާދަވެރީންނަށް ފާޑު ވިދާޅުވުމުގެ ގޮތުން ޕާކު ކުރާނެ ތަނެއް ނުދައްކާ އާންމުންގެ ވެހިކަލްތައް ޓޯކޮށް ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެ ވެރިކަން ހޯއްދެވުމަށް ކޮންމެ ބޭފުޅަކު ހެން ވައުދުވެވަޑައިގަންނަވަ އެވެ.
ވެރިކަމަށް ވަޑައިގެން އެ ވައުދުފުއްދެވޭ ގޮތް ނުވާތީ ދުވަސްކޮޅެއް ވަންދެން ވެހިކަލް ޓޯ ކުރުމާއި ޕާކިން ސްޓިކާ ޖެހުން ހުއްޓާލަން ފުލުހުންނަށް މަޖުބޫރުވެ އެވެ. އެކަމުގެ ސަބަބުން މަގުތަކުގައި ދަތުރުކުރަން ދަތިވާ ހިސާބަށް ކަންކަން ދެ އެވެ.