އެމްޑީޕީ ސަރުކާރުން ދިން ބޮޑު ބަދަލު؛ ބިލިއަނެއްހަައި ރުފިޔާގެ މުދާ ދިނުން ހުއްޓުވައިފި

އޭޖީ އޮފީހުން ފާހަގަކުރި ގޮތުގައި ބަދަލު ދިނުމަށް ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހެދީ ގާނޫނުއަސާސީއާ ހިލާފު އުސޫލެއްގެ ދަށުން އޮޑިޓާ ޖެނެރަލްގެ ބަހެއް ނުހޯދައި، ވަކި ބަޔަކަށް މުއްސަނދިކަން ހޯދައިދިނުމަށެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --

ފާއިތުވި އެމްޑީޕީ ސަރުކާރުގައި އެކުލަވައިލި ސެޓްލްމެންޓު ކޮމިޓީން އެކުލަވައިލި ނުވަ އެއްބަސްވުމެއްގެ ދަށުްނ ދޭން ނިންމާފައިވާ ބިލިއަނެއްހައި ރުފިޔާގެ ބަދަލު ދިނުން އެޓާނީ ޖެނެރަލްގެ އޮފީހުން ހުއްޓުވައިފި އެވެ. 

މިރޭ އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއިރު އެކުލަވައިލި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުަގއި އަމަލުކުރާނެ ގޮތުގެ އުސޫލަކީ ގާނޫނީ ބާރު ލިބިފައިވާ އުސޫލެއް ނޫންކަމަށް އެ އޮފީހުން ކުރިން ދިން ލަފައާއެކު، އެ އުސޫލުގެ ދަށުން އެކުލަވައިލާފައިވާ ސެޓްލެމްޓު ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 21 ނޮވެންބަރު 2023 ގައި އުވައިލެއްވި ކަމަށެވެ. 

އަދި އެއަށްފަހު ރައީސްވަނީ އެ އެއްބަސްވުންތަކުގެ ދަށުން ސެޓްމެންޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުއްވާފަ އެވެ. 

އެ އޮފީހުން އިތުރަށް ފާހަގަކުރީ އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުންތަކެއްކަން ފާހަގަކޮށް، އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމާއެކު، އެ އުސޫލުގެ ދަށުން ބަދަލެއް ދީފައިވާނަމަ އެ ބަދަލެއް އަތުލުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އަދި އެކަމުގައި ހިމެނޭ ފަރާތްތަކާމެދު ފިޔަވަޅެއް އަޅަންޖެހޭނަމަ އެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގައިދިނުމަށް ބަންޑާރަނައިބުގެ އޮފީހުގައި ދެންނެވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލީހުން ފާސްކޮށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ކމެވެ. 

ބަންޑާރަނައިބުގެ އޮފީހުން ފާހަގަކުރި ގޮތުގައި އެ އުސޫލުގެ ދަށުން އެކުލަވައިލާފައިވާ އެއްބަސްވުންތަކަކީ ގާނޫނާހިލާފު އެއްބަސްވުންތަކެކެވެ. އެކަމުގައި އެ އޮފީހުން މައިގަނޑު ގޮތެއްގައި ފާހަގަކުރި ނުކުތާތަކަކީ: 

  •  ބަދަލުދިނުމުގެ އުސޫލަކީ ގާނޫނުއަސާސީއާ ގާނޫނާ ހިލާފު އުސޫލެއްކަން
  •  ބަދަލު ދިނުމަށް ނިންމި އެއްބަސްވުންތަކާމެދު އޮޑިޓާޖެނެރަލްގެ ބަހެއް ހޯދާފައިނުވާކަން
  •  ތައައްސުފީ ގޮތެއްގައި ވަކި ފަރާތްތަކަކަށް ނުހައްގު މުއްސަނދިކަން ލިބޭ ގޮތަށް ހަދާފަައިވާ އެއްބަސްވުންތަކެއްކަން

އެ ކަންކަން ފާހަގަކޮށް އެޓާނީ ޖެނެރަލް އޮފީހުން ނިންމާފައިވަނީ އެ އުސޫލުގެ ދަށުން ބަދަލު ދިނުމަށް ހަދާފައިވާ ނުވަ އެއްބަސްވުންވެސް ބާތިލުކުރުމަށެވެ. މި އެއްބަސްވުންތަކުގައި ގިނައިން ހުރީ ބަދަލުގެ ގޮތުގައި ފަޅާއި ފަޅުރަށް ދިނުމަށް ކަނޑައަޅާފަ އެވެ. 

އަދި ވަރަށް ގިނަ އެއްބަސްވުންތަކުގައި ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހިފައި ހުރި ޖޫރިމަނާތައް މައާފުކޮށްފައިވެ އެވެ. އަދި ދޫކުރި ރަށްތައް ތަރައްގީކުރުމުގެ މުއްދަތުގެ ގޮތުގައި ދިގު މުއްދަތުތަކެއް ދީފައިހުރިކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.