މި ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް މިއަދު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކ. ގުރައިދޫ ގައި ތުއްތު ކުއްޖަކު ނިޔާވި މައްސަލާގައި ފުލުހުން ފަށާފައިވާ ތަހުގީގަށް ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި އެވެ.
ނިޔާވީ ހަތަރު މަހުގެ ކުއްޖެކެވެ. ފުލުހުން ބުނީ ގުރައިދޫ ގައި ހަތަރު މަހުގެ ކުއްޖަކު ނިޔާވި މައްސަލައެއް މި މަހުގެ ރިޕޯޓް ކޮށްފައިވާ ކަމަަށެވެ. އަދި މި ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދީ ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަަށެވެ.
އެ ހާދިސާއާ ގުޅިގެން ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. ރޭ ދަންވަރު ދެއަކާއި ތިނަކާ ދެމެދު ގުރައިދޫ ގައި ހަަތަރު މަހުގެ ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ. އެ މަރުގެ ހަގީގަތް ސިއްރު ނުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
ކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރުމުން ފުލުހުންގެ ސަމާލު ކަމަށް ގެނައީ ކުއްޖާ ބެލި ޑޮކްޓަރު ކަމަށް ވެ އެވެ. ކުއްޖާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވިތާ ގިނަ އިރުތަކެެއް ވެފައިވާ ކަމަށް ވާހަކަ ދެކެވެ އެވެ.