ދަރިންނާ ބެހުނުއިރު އަޅައިނުލި މީހެއްގެ މައްސަލަ ބޭރުކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

އޭގައިވާ ގޮތުން، 2005 ވަނަ އަހަރުން ފެށިގެން އެމީހާގެ އުފަން ދެ ކުދިންނާ މީހަކު އެކި ދުވަސްމަތިން ބެހުނުއިރު އަޅައިނުލައި ހުރީ އެވެ. އަދި އެކަމަށް އެހީތެރިވެދީފައިވާ ކަމަށްވެސް ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު

އަމިއްލަ އުފަން ދަރިންނާ މީހަކު ބެހުނުއިރު އެކަމާ އަޅައި ނުލައި ހުރި މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް މެޖިސްޓްރޭޓް ކޯޓަކުން ބޭރުކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައަކަށްވާތީ ދައުވާކުރާ މީހާ އަދި ކުދިންގެ މައުލޫމާތު ކޯޓުގެ ހުކުމުގައި ހިމަނާފައެއް ނުވެ އެވެ. އެހެންކަމުން ކުދިންނާ ބެހުނީ ކޮން ގުޅުމެއް އޮންނަ މީހެއް ކަމާއި އަދި އެކަމާ އަޅާނުލައި ހުރި ކުއްޖާގެ މަންމަ ކަމެއް ނުވަތަ ބައްޕަ ކަމެއް ހުކުމުން އެނގޭކަށް ނެތެވެ. ނަމަވެސް ބޮޑަށް ބެލެވެނީ އެއީ ކުއްޖާގެ މަންމަ ކަމަށެވެ.

ހައިކޯޓުން އާންމުކޮށްފައިވާ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިކަން ހިނގާފައި ވަނީ ގދ. އަތޮޅުގެ ރަށެއްގަ އެވެ. އޭގައިވާ ގޮތުން، 2005 ވަނަ އަހަރުން ފެށިގެން އެމީހާގެ އުފަން ދެ ކުދިންނާ މީހަކު އެކި ދުވަސްމަތިން ބެހުނުއިރު އަޅައިނުލައި ހުރީ އެވެ. އަދި އެކަމަށް އެހީތެރިވެދީފައިވާ ކަމަށްވެސް ވެއެވެ. ބެހިފައި ވަނީ އުމުރުން 13 އަދި 14 އަހަރުގެ ދެ ކުދިންނާ އެވެ.

ކުދިންނާ މީހަކު ބެހުނުއިރު އަޅާނުލައި ހުރުމުން އެ މީހާގެ މައްޗަށް ކޮށްފައި ވަނީ ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ދައުވާ އާއި ކުޑަކުއްޖަކު ލައްވާ ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވެދިނުމުގެ ދައުވާ އާއި ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓް ނުކުރުމުގެ ދައުވާ އެވެ.

މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ބޭރުކޮށްލާފައި ވަނީ ދައުވާ ލިބޭ މީހާއަށް ދައުލަތުން ވަކީލަކު ހަމަޖައްސަން އެޓާނީ ޖެނެރަލްގެ އޮފީހަށް އަމުރުކުރުމުން އެ މުއްދަތުގެ ތެރޭގައި ވަކީލަކު ހަމަޖައްސާފައި ނުވާތީ ކަމަށް ބުނެ އެވެ. މިފަދަ މައްސަލަތައް ދިފާއީ ވަކީލަކާ ނުލައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމާފައިވެ އެވެ.

މެޖިސްޓްރޭޓް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ދައުވާ އަނބުރާ ފޮނުވާލާފައި އޮތް ހާލަތަކީ ގާނޫނުގައި ވެސް އަދި ގަވާއިދުގައި ވެސް  ތަސައްވުރުކުރާ ހާލަތެއް ނޫން ކަމަށެވެ.

އެހެންކަމުން ހައިކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.