އަލީ ލަތީފުގެ މައްސަލައިގަ އޭސީސީއަށް އެންގީ ބައެއް ކަންކަން ރަނގަޅުކުރަން

އެކަން ދޮގު ކުރަމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ޕީޖީއިން ދިން އިރުޝާދާ އެއްގޮތަށް އެ މައްސަލަ ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

މ. ގައްދަނޑުގެ ޑރ. އަލީ އަބްދުﷲ ލަތީފް

ކޮވިޑް-19 ގެ ދުވަސްވަރުގައި އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ކަން ކުރެއްވި ޑރ. އަލީ އަބްދުﷲ ލަތީފްގެ މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ހުރި ބައެއް ކަންކަން ފުރިހަމަ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންގައިފި އެވެ.

އޭސީސީން ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްްގައި ބޭނުންކުރި "ރީއެޖެންޓްސް" އާ ގުޅޭ ހިޔާނާތުގެ މައްސަލަ ބަލާ ޑރ. އަލީ ލަތީފާއި އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަބަންދޭ)ގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި އޮތް އެ މައްސަލައިގައި ހުރި ބައެއްކަންކަން ރަގަޅު ކުރުމަށް އޭސީސީއަށް އެންގުމުން ބައެއް ނޫސްތަކުން ވަނީ މައްސަލަ ރިޖެކްޓްކުރުމަށްފަހު އަނބުރާ ފޮނުވާލާފައިވާ މޭރުމަކުން ހަބަރުތައް ގެނެސްދީފަ އެވެ.

އެކަން ދޮގު ކުރަމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ޕީޖީއިން ދިން އިރުޝާދާ އެއްގޮތަށް އެ މައްސަލަ ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. ޕީޖީއިން އެއްވެސް ހާލަތެއްގައި މައްސަލަ އަނބުރާ ފޮނުވައިލީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީން ވަނީ އަލީ ލަތީފާ ގުޅޭ ވަރަށް ސީރިއަސް މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.

އޭސީސީން ކުރިން ބުނެފައި ވަނީ މި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. އަލީ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ވަކި މައްސަލައެއްގެ ގޮތުގައި އޭނާގެ މައްސަލައާ އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާ އަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ޑރ. އަލީ ލަތީފް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މި މައްސަލައި ގައި، އޭނާއާއި ޑރ. މިލްޒާ އަބްދުލްމުހްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލު ކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަހު، އެކަން ކޮމިޝަނަށް ހިއްސާކުރެއްވުމަށް ވެސް ވަނީ އަންގާފައި ކަމަށެވެ.

ކޮމެންޓް

1
450
އެސްސީއެސް
4 months ago

ބަލަގަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކު އެބަވިދާޅުވޭ ތިމަންނާ ގޯންޏަކަށް އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާ އަޅައިގެން ބެހީމޭ. މިކަން ނުބައްލަވަނީ ކީއްވެތޯ. ދައުލަތުގެ ވަޒީފާއެއްގައި ހުރެމެ ތިމާއަށް ނުލިބޭ އާމްދަނީ އަކުން މިލިއަނުން ކޮންމެ މަހަކުބަހާ މައްސަލަ ބައްލަވާކަށެއްނުވޭތޯ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.