ފޯބްސް އިން ޓޮޕް 12 މަންޒިލް ނަގާފައިވާއިރު މެއިން ފޮޓޯގެ ގޮތުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ރީތި ފޮޓޯ އެކެވެ. އެ މަޖައްލާއިން ބުނެފައިވާއިރު އަންނަ އަހަރު ޗުއްޓީ ހޭދަކުރަން ދާން ރާއްޖެ ވަރެއް ނެތެވެ.
ލަގްޒަރީ ފެޝަން މެގަޒިން ފޯބްސް އިން ހޮވި އަންނަ އަހަރު ޗުއްޓީ ހޭދަކުރަން އެންމެ ސަޅި މަންޒިލް ހިމެނޭ ކަލަންޑަރުގައި ރާއްޖެ ހިމެނިއްޖެ އެވެ.
އެމެރިކާގެ ނިއުޔޯކްގައި މައި މަރުކަޒު ހުންނަ ފޯބްސް މަޖައްލާގެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް އެކުލަވާލާ ފޯބްސް ޓްރެވަލް ގައިޑް ޓޮޕް 12 ޑެސިޓޭޝަންގައި ރާއްޖޭގެ އިތުރުން ގިނަ މަންޒިލްތަކެއް ހިމަނާފައިވެ އެވެ. ނަމަވެސް މި މެގަޒިންގެ މެއިން ފޮޓޯގެ ގޮތުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ރީތި ފޮޓޯއެކެވެ.
ރާއްޖޭގެ ވެލާ ރިސޯޓުގެ ރީތި ފޮޓޯއެއް މަޖައްލާގެ މައި ފޮޓޯގެ ގޮތުގައި ހިމަނާފައިވާއިރު ފޯބްސް އިން ބުނެފައިވާ ގޮތުގައި ރާއްޖެއަކީ ވެލްނަސް ނުވަތަ ހިތްފަސޭހަ ޗުއްޓީއެއް ހޭދަކޮށްލަން އަންނަ އަހަރުދާން އެންމެ ރަނގަޅު މަންޒިލެކެވެ. އަދި ރާއްޖެއަކީ ވެލްންސް ޓޫރިޒަމްގެ ދުނިޔޭގެ ހޮޓް ސްޕޮޓެވެ.
ފޯބްސްގެ އަންނަ އަހަރުގެ ގައިޑް ނުވަތަ ޓްރެވަލް ކަލަންޑަރުގައި ރާއްޖޭގެ އިތުރުން އެންމެ މަގުބޫލު މަންޒިލްތަކުގެ ގޮތުގައި އެމެރިކާގެ ނިއުއޯލިންސްގެ އިތުރުން ބޫޓާން އާއި މޮރޯކޯ އަދި ގްރީސްގެ އެތަންސްގެ އިތުރުން އެމެރިކާގެ ނޯތް ކެރޮލައިނާ އާއި ހޮލެންޑުގެ އެމްސްޓެޑަމްވެސް ހިމެނެ އެވެ. އަދި އެމެރިކާގެ ފްލޮރިޑާ އާއި އިންޑޮނޭޝިއާގެ ސުމްބާ އަދި އޮސްޓްރޭލިއާގެ ބްރިޒްބަން ވެސް ހިމެނެ އެވެ.
ފޯބްސް އިން ހޮވި އަންނަ އަހަރުގެ އެންމެ މުހިންމު މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައިވާއިރު، ދުނިޔޭގެ ޓޫރިޒަމްގައިދޭ ދުވަސްވީ އެވޯޑެއް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑުގެ އެންމެ ފުރިހަމަ މަންޒިލްގެ މަގާމު ފަސް ވަނަ ފަހަރަށް ރާއްޖޭން މި އަހަރު ވަނީ ހޯދާފަ އެވެ. އަދި މި އެވޯޑުގައި ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ވަނީ ވާދަވެރި މަންޒިލްތަކަށްވުރެ ގިނަ ރަންވަނަތަކެއްވެސް ހޯދާފަ އެވެ.