ވިސާނެތި އުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާ ފޮނުވާލަނީ

"މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި،" ކޮންޓްރޯލާ މިރޭ ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަންމާން

ވިސާނެތި ރާއްޖޭގައި އުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާ ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ ކަމަށް ބުނެފި އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ފްރާންސަށް ނިސްބަތްވާ ހަ މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިމިގްރޭޝަން ވޮޗަށް އެ މައުލޫމާތު ލިބުނީ ޖުލައި 18، 2024 ކަމަށާ އެ މައްސަލަ އެ އިދާރާއިން ބެލުމަށް ފަހު 2024 އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސްފަރާތް ހާޒިރު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ އެ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

"މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި. އިމިގްރޭޝަން ގާނޫނީ ހިލާފަށްް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ،" ޝައްމާން ވިދާޅުވި އެވެ.

ފްރާންސްގެ މި އާއިލާ ރާއްޖޭގައި އުޅޭތާ 12 ވަރަކަށް އަހަރު ވެދާނެ އެވެ. އެ މީހުން ރާއްޖެ އާއިލާއަށް މެންބަރުން އިތުރުވެ ހަ މެންބަރުންގެ އާއިލާއަށް ވީވެސް ރާއްޖޭގައި އުޅެނިކޮށެވެ. އެ މީހުން ރާއްޖޭގެ ދެތީން ރަށެއްގައި ދިރިއުޅެފައިވެ އެވެ.

މިހާރު އެ މީހުން ދިރިއުޅެނީ ތ. ވޭމަންޑޫގަ އެވެ. އެ މީހުން އެ ރަށުގައި އުޅޭތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އެ އާއިލާ ފްރާންސަށް ދާން ދެކޮޅު ހަދަނީ އެ މީހުންނަށް ނުރައްކާ އޮތުމުން ކަމަށް ބުނެ އެވެ. އެ މީހުން އިސްލާމް ވެފައި ވަނީ ވެސް ރާއްޖޭގަ އެވެ. 

މި އާއިލާގެ ވާހަކަ އާންމުންގެ ސަމާލު ކަމަށް މިއަދު ގެނައީ "މިހާރު" ނޫހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.