އުޅަނދުތަކުގެ އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު

އެގޮތުން، ދައުލަތަށް ދައްޖެހި އެކަމަކު ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވެފައިވުމާއި، އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވެފައިވާ ފައިސާއަށް ވާންޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

މާލޭ މަގުމަތީ: އުޅަނދުތަކުގެ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކޭގޮތް ވަނީ ހަދާފައި --

އެއްގަމު އުޅަނދާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އަހަރީފީ އާއި ޖޫރިމަނާގެ ފައިސާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި، އެކަމަކު ނުދެއްކި ހުރި ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތް ހެދުމަށް ގަވާއިދެއް އާންމުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި އެ ގަވާއިދުގައިވާ ގޮތުން، އެ ފައިސާ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކުގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.

އެގޮތުން، ދައުލަތަށް ދައްޖެހި އެކަމަކު ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވެފައިވުމާއި، އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވެފައިވާ ފައިސާއަށް ވާންޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

އަދި، ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު މީގެ ކުރިން ދީފައި ނުވާ މީހަކަށް ވާން ޖެހެ އެވެ. އަދި އެގޮތަށް އެދެވޭނީ ހަމައެކަނި އުޅަނދުގެ ވެރިފަރާތަށް ކަމަށް ވެސް ޝަރުތުކޮށްފައިވެ އެވެ.

އޭގެ އިތުރުން ބަހާލައިގެން ފައިސާ ދައްކަން ހުށަހެޅޭނީ ހަމައެކަނި މި ގަވާއިދުގެ ދަށުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް މި ގަވާއިދުގެ ތެރެއިން ކުރިން ފުރުސަތު ދެވި، ފައިސާ ދައްކާ ހަލާސްކޮށްފައިވާ މީހުންނަށް އަލުން ފުރުސަތު ދޭނެ އެވެ.

އުޅަނދުތަކުގެ އަހަރީފީ އަދި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ފޯމަކުންނެވެ. އެ ފުރުސަތު ދިނުމަށް ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފުރުސަތު ދޭނެ އެވެ.

އަދި ފުރުސަތުދޭތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ކޮމިޓްމެންޓް ފީ އެއް ދައްކަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އެ މުއްދަތުގައި ފީ ނުދައްކައިފިނަމަ، ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ފުރުސަތު ގެއްލޭނެ އެވެ. ކޮމިޓްމަންޓް ފީ ކަނޑައަޅާފައިވަނީ އެ ގަވާއިދުގެ ދަށުންނެވެ.

ކޮމިޓްމަންޓް ފީ ދެއްކުމުން މިނިސްޓްރީން އުޅަނދުގެ ވެރިފަރާތާއެކު އެއްބަސްވުމެއް ހަދާނެ އެވެ. މި އެއްބަސްވުމުގައި އިންސްޓޯލްމެންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދުން އެ ބައި އުނި ކުރުމަށް ފަހު އެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް އޮންނާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.