ލިވާތާއި ޝިހާގު އަދި ދެ ޖިންސުގެ މަސްހުނި ނަމްބަރުތަކެއް

މި ރާއްޖޭގައި ފިރިހެނު އެއް ޖިންސުން ގުޅުން ހިނގުމާއި އަންހެނުން އެއްޖިންސުން ގުޅުން ހިނގުމާއި ދެ ޖިންސުން އެކުވެ މަސްހުނި ވެގެން ޖިންސީ ގުޅުމުގެ ނުބައި އަމަލު ވާހަކައިގެ ތަފުސީލަށް ދިއުމުގެ ބޭނުމެއް ނެތެވެ. އެ ނުބައި އަމަލުތައް އެހައި އާންމު ވެފައި ވެއެވެ. ނަމަވެސް އެ ކަންކަމުގެ ނަމްބަރުތައް ހުރި ގޮތް ބަލައިލަން ރަނގަޅެވެ.

ބަންގާޅު ފިރިހެނަކާއި ދިވެހި ފިރިހެނުންގެ އެތައް ގިނަ ބަޔަކާއެކު ޖިންސީ ގުޅުން ހިންގި އެނދު

ރާއްޖޭގައި ޒިނޭ އާއްމު ވެފައިވެ އެވެ. ރާއްޖޭގައި ލިވާތު، ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގުމާއި ޝިހާގު، އަންހެނުން އަންހެނުންނާއެކު ޖިންސީ ގުޅުން ހިންގުން އެބަ އޮތެވެ. އަދި ދެެޖިންސު އެކުވެގެން ޖިންސީ ގުޅުން ހިނގުން ވެސް މިހާރަކު މަދޭ ބުނެވޭކަށެއް ނެތެވެ. ރާއްޖޭގައި ބަނގު ރާ ބުއިމާއި ޑުރަގް ނެގުން އާއްމުކޮށް، އެކަން އިންތިހާއަށް ގެންގޮސްފައި ވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމީ ޝިއާރުތަކުގެ މައްޗަށް ބޭ ދީނީ / ލާދީ ކަންކަން ގަދަ ކުރުވައި އެކަންކަން "ނޯމަލައިޒޭޝަނެ" އްގެ ތެރެއަށް ގެންދަން ބަޔަކު ބާރު އަޅައި އެކަން ކުރާކަން ޔަގީން ކުރެވިފައި ވެއެވެ.

މީގެތެރެއިން ފިރިހެނު އެއް ޖިންސުން ގުޅުން ހިނގުމާއި އަންހެނުން އެއްޖިންސުން ގުޅުން ހިނގުމާއި ދެ ޖިންސުން އެކުވެ މަސްހުނި ވެގެން ޖިންސީ ގުޅުމުގެ ނުބައި އަމަލު ވާހަކައިގެ ތަފުސީލަށް ދިއުމުގެ ބޭނުމެއް އަމުދުން ނެތެވެ. ނަމަވެސް އެ ކަންކަމުގެ ނަމްބަރުތައް ހުރި ގޮތް ބަލައިލަން ރަނގަޅެވެ. އެފަދަ އަމަލުތަކުގެ ތެރެއިން ފުލުހާ ހަމައަށް ދިޔަ މައްސަލަތަކުގެ ހިސާބެއް "މި" ނޫހަށް ލިބިފައި އެބައޮތެވެ.

އެއް ޖިންސު އެކުވެގެން މަސްހުނިކޮށް ޖިންސީ ގުޅުން ހިނގި ގޮތް ބުނެދޭ އިންފޯގްރެފިކްސް އެއް -- މި

އެއްޖިންސުން ގުޅުހުން ހިންގި 114

ހިސާބު ފޮތުން ދައްކާ ގޮތުގައި 2013 އިން ފެށިގެން 2022 އަށް މިދާ ނުވަ އަހަރުގެ ތެރޭގައި އެއްޖިންސުން ގުޅުހުން ހިންގައިގެން 114 މައްސަލައެއް ފުލުސް އިދާރާއަށް ރިޕޯޓް ކޮށްފައި ވެއެވެ. އެއީ ފިރިހެނުން، ފިރިހެންނާއެކު ޖިންސީ ގުޅުން ހިންގި 106 މައްސަލަ އަކާއި އަންހެނުން އަންހެނުންނާއެކު ނުވަތަ ޝިހާހުގެ ޖިންސީ އަމަލު ހިންގި އަށް މައްސަލަ އެކެވެ. އެ މުއްދަތުގައި އޭގެ ތެރެއިން ތަހުގީގު ކުރީ 74 މައްސަލަ އެވެ. ދައުވާ ކޮށްދޭން އެދެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 18 މައްސަލަ އެވެ.

ދެ ޖިންސު އެކުވެގެން މަސްހުނިކޮށް ޖިންސީ ގުޅުން ހިނގި ގޮތް ބުނެދޭ އިންފޯގްރެފިކްސް އެއް -- މި

ދެޖިންސު މަސްހުނިކޮށް ގުޅުން ހިންގި 31

މިދިއަ ނުވަ އަހަރު ތެރޭގައި އަހެނުންނާއި ފިރިހެނުން އެއް އެނދަށް އަރައި ދެޖިންސު މަސްހުނިކޮށް ޖިންސީ ގުޅުން ހިންގި 31 މައްސަލައެއް ފުލުސް ހިދުމަތާ ހަމައަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ތަހުގީގު ހިންގީ 16 މައްސަލައެކެވެ. ދައުވާކޮށް ދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އަށް މައްސަލައެކެވެ.

އަލަމްގީރް ސެކްސްޓޭޕް

ދެ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ޖޫން މަހުގެ 24 ގައި ލީކު ކޮށްލި އެވެ. އެފަދަ ކިތަަންމެ ވީޑިއޯއެއް އެ މީހުންގެ އަތުގައި ވެއެވެ. ފުރަތަމަ ލީކުކޮށްލި ވީޑިއޯގައި ފެނުނީ ކެނެރީގެ ނާޒިމް ސައްތާރެވެ. ދެން ބަންގާޅުގެ ޒުވާން ފިރިހެނެކެވެ. އެއީ ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި އެމްޑީ އަލަމްގީރެވެ.

ފުލުސް ތަހުގީގަށް އެނގުނު ގޮތުގައި އަލަމްގީރު ވަނީ އެތައް ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ އެ މަންޒަރު ރެކޯޑް ކޮށްފައެވެ. ފުލުހުންގެ އަތުގައި އެފަދަ 48 ވީޑިއޯއެއް އެބައޮތެވެ. އެ ވީޑިއޯތަކުގައި 40 މީހަކު ފެނެއެވެ. ބައެއް މީހުން ތަކުރާރުކޮށް އެކި ދުވަސް މަތީން އޭނާއާއެކު ގުޅުން ހިންގާފައިވެއެވެ. އެއްޖިންސުން ގުޅުން ހިންގި ބޮޑު ނެޓްވޯކްގެ މައްސަލަ އާންމުންގެ ތެރެއަށް ބޭރުވެ މުޅި ގައުމަށް ހައިރާންކަމާއި ލަދުވެތިކަން ގެނުވިއެވެ. އެެއީ އެކަން އެހާ ބޮޑަށް މުޖްތަމައުގެ ތެރޭގައި ފެތުރި ބޮޑުވެފައިވާކަން އެނގުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.