ރޭ އިތުރު ހިދުމަތެއްގެ ގޮތުގައި އެ ހޮސްޕިޓަލުގައި ފަށާފައިވާ އަނެއް ހިދުމަތަކީ ހުޅުތަކުގައި ރިއްސާ މީހުންނަށް ޕްލެޓްލެޓް ޕްލާސްމާ ޓްރީޓްމަންޓް (ޕީއާރްޕީ)ގެ ހިދުމަތެވެ.
ރ.އުނގޫފާރު ސަރަހައްދީ ހޮސްޕިޓަލުން އެމްއާރްއައި ހިދުމަތާއެކު އިތުރު ބައެއް އައު ހިދުމަތްތައް ތައާރަފުކޮށްފި އެވެ.
އުނގޫފާރު ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި އެމްއާރްއައި ހިދުމަތް ފައްޓަވައިދެެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމުވަނީ އެ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފަ އެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ރަސްމީކޮށް މަސައްކަތް ކުރެއްވުނު 13 މަހެއްހައި ދުވަހުގެ ތަޖުރިބާގެ މައްޗަށް ބިނާކުރައްވައި ނާޒިމު ވިދާޅުވީ ރައީސަކީ ވައުދު ފުއްދެވުމަށް 24 ގަޑިއިރު މަސައްކަތްކުރައްވާ ވެރިއެއް ކަމަށާއި، އެހެންކަމުން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އުނގޫފާރު ހޮސްޕިޓާ ޓާޝަރީ ފެންވަަރަށް ތަރައްގީވެގެންދާނެ ކަމަށެވެ.
ނާޒިމު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ހޮސްޕިޓަލުގައި އެމްއާރްއައި ހިދުމަތްތައް ފެށުމަކީ ހޮސްޕިޓާ ޓާާޝަަރީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިއްމު ފިޔަވަޅެކެވެ.
އިތުރަށް ނާޒިމު ވިދާޅުވެފައިވަނީ އެ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ހެލްތު މިނިސްޓްރީން އެ މަސައްކަަތްތައް ހަލުއި ދުވެލީގައި ކުރިއަށްގެންދާނެ އެވެ.
ރޭ އިތުރު ހިދުމަތެއްގެ ގޮތުގައި އެ ހޮސްޕިޓަލުގައި ފަށާފައިވާ އަނެއް ހިދުމަތަކީ ހުޅުތަކުގައި ރިއްސާ މީހުންނަށް ޕްލެޓްލެޓް ޕްލާސްމާ ޓްރީޓްމަންޓް (ޕީއާރްޕީ)ގެ ހިދުމަތެވެ.