އެޗްޑީސީގެ އެހީތެރިކަމާއެކު ދަރުބާރުގެއަށް އެ ތިން މިނިސްޓްރީގެ މަސައްކަތް ބަދަލުކުރަން ރޭ ދަންވަރުން ފެށިގެން މަސައްކަތްކުރަމުން އަންނައިރު މިރޭ އެ މަސައްކަތް ނިންމައިލެވޭނެކަމަށް އެޗްޑީސީގެ އޮފިޝަލަކު "މިރާ"އަށް މައުލޫމާތު ދެއްވި އެވެ.
އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ ހުލުވި އިމާރާތުގައި ހިންގަމުން އައި ތިން މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާއެކު ފަށައިފި އެވެ.
އިއްޔެ ހެނދުނު 6:30 ހާއިރު ރޯވާން ފެށި އަލިފާންގަނޑުގެ ހުޅު ފަޅައިގެންދިޔައީ ހައުސިން މިނިސްޓްރީ ހިންގަމުން އައި ތަނުންނެވެ. އެއަށްފަހު އެ އިމާރާތުގައި ހިންގަމުން އައި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި ތަނުގައިވެސް ރޯވީ އެވެ.
ތިންވަނައަށް އެ ސަރަހަައްދުގައި ޖެހިގެން ހުރި އެންވަޔަރަމެންޓު މިނިސްޓްރީ ހިންގާ އިމާރާތުގައިވެސް ހުޅު ހިފައި ރޯވެ ހުލުވީ އެވެ.
އިއްޔެގެ އަލިފާންގަނޑު ނިއްވުމަށް ހަތަރު ވަރަކަށް ގަޑިއިރު ހޭދަވިއިރު ރޯވި ހުޅުގަނޑު ނިވުނުއިރު އެ އިމާރާތް ހުރީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފަ އެވެ.
އެޗްޑީސީގެ އެހީތެރިކަމާއެކު ދަރުބާރުގެއަށް އެ ތިން މިނިސްޓްރީގެ މަސައްކަތް ބަދަލުކުރަން ރޭ ދަންވަރުން ފެށިގެން މަސައްކަތްކުރަމުން އަންނައިރު މާދަމާގެ ނިޔަލަށް އެ މަސައްކަތް ނިންމައިލެވޭނެކަމަށް އެޗްޑީސީގެ އޮފިޝަލަކު "މިރާ"އަށް މައުލޫމާތު ދެއްވި އެވެ.
އިއްޔެގެ އަލިިފާނުގެ ހާދިސާގައި ސިޓީ ކައުންސިލުގެ ވައިޓަލް ރަޖިސްޓްރޭޝަން އޮފީސް ހިންގާ ބައިވެސް އަނދައި ހުލިވެފައިވާއިރު އެ އޮފީހުގެ މަސައްކަތްތައް މިހާރު ހުޅުމާލެއަށްވަނީ ބަދަލުކޮށްފަ އެވެ.
މީގެ ކުރިންވެސް ކުއްލި ހާލަތްތަކުގައި ސަރުކާރުގެ އިދާރާތައް ހިންގުމަށް ދަރުބާރުގެ ބޭނުންކޮށްފައިވެ އެވެ. ސުނާމީ ހާދިސާގައި އަދި އޭގެ ފަހުން ކޮވިޑް-19 ގައި އެމަޖެންސީކޮށް ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތްކުރުމަށް ގާއިމުކުރެވުނު މަރުކަޒުތައް ހިންގާފައިވަނީ ދަރުބާރުގޭގަ އެވެ.