އިރުތިޝާމް ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރަސްގެފާނަށް އަރުވައިފި

އޭގެ އިތުރަށް ސަފީރުވަނީ ރައީސްގެ ފަރާތްޕުޅުން އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ މަސްލަހަތު އެކުލެވޭ ދާއިރާތަކުގައި ދެ ގައުމު ގުޅިގެން ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރަސްގެފާނަށް ދެއްވާފަ އެވެ.

ޑރ.އިރުތިޝާމް ރަސްގެފާނު ޗާލްސް ތިންވަނައަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.އިރުތިޝާމް އާދަމް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރަސްގެފާން ޗާލްސް ތިންވަނައަށް އަރުވައިފި އެވެ. 

އިރުތިޝާމު ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނު ޗާލް ތިންވަނައަށް އެރުވުމުގެ ރަސްމިއްޔާތު އިއްޔެ އޮތީ އެ ގައުމުގެ ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގަ އެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރަސްގެފާނު މަރުހަބާ ވިދާޅުވި އެވެ. 

ހާރިޖީވުޒާރާއިން ބުނި ގޮތުގައި މި ބައްދަލުވުމުގައި ޗާލްސްވަނީ އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފަ އެވެ. އިރުތިޝާމްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަސްގެފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރައްވާފަ އެވެ. 

އޭގެ އިތުރަށް ސަފީރުވަނީ ރައީސްގެ ފަރާތްޕުޅުން އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ މަސްލަހަތު އެކުލެވޭ ދާއިރާތަކުގައި ދެ ގައުމު ގުޅިގެން ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރަސްގެފާނަށް ދެއްވާފަ އެވެ. 

ސަަފީރުކަމުގެ ފަތްކޮޅުގެ ރަސްމިއްޔާތަށްފަހު އިނގިރޭސިވިލާތުގައި އޮންނަ އާދަކާދައިގެ މަތިން ހާއްސަ ރިސެޕްޝަނެއް، ސެއިންޓް ޖޭމްސް ކޯޓް ލަންޑަން- އަ ތާޖް ހޮޓަލުގައި ހާއްސަ ރިސެޕްޝަނެއް ބޭއްވިކަމަށާއި، އެ ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ސާކް އަދި ކޮމަންވެލްތު ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް ކޯ ގެ ޑީން ކަމުގައިވާ ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ-މާރޓިނޭޒް އާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. 

އަދި އެ ބޭފުޅުންގެ އިތުރުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މޯލްޑިވްސް ޔޫކޭ ޕާލިމަންޓަރީ ގުރޫޕުގެ ކޯ-ޗެއާއާއި އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިން އަދި މީޑިޔާ ފަރާތްތައްވެސް އެ ރިސެޕްޝަނުގައި ބައިވެރިވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.