ފިލްމީ ދާއިރާއަށް ހާއްސަ ސެޝަނެެއް، އެންމެނަށް ބައިވެރިވެވޭނެ

ސެޝަން ނަގައިދޭނީ އަމިތު އަގުރުވާލް އާއި ހަރިޝް ކުމާރެވެ. މިއީ ފިލްމު އުފެއްދުމާއި ފިލްމު ލިޔުމާއި އެކްޓިންގައި ވެސް ފާހަގަ ކޮށްލެވޭ ދެ ބޭފުުޅުންނެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން މުހިންމު ސެޝަނެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

މިއީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރުމަށް ބާއްވާ ސެޝަނެކެވެ. މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް -- އެމްއެސްޕީއޭ އިން އިންތިޒާމު ކުރާ މި ސެޝަން ގައި އިންޑިއާގެ ފިލްމީ މަސައްކަތުގައި ވަރަށް ތަޖުރިބާކާރު ދެ ބޭފުޅަކު މައުލޫމާތު ދެއްވާނެ އެވެ.

އެއީ އަމިތު އަގުރުވާލް އާއި ހަރިޝް ކުމާރެވެ. މިއީ ފިލްމު އުފެއްދުމާއި ފިލްމު ލިޔުމާއި އެކްޓިންގައި ވެސް ފާހަގަ ކޮށްލެވޭ ދެ ބޭފުުޅުންނެވެ.

އެމްއެސްޕީއޭގެ ފައުންޑާ އަދި ޗެއާޕާސަން މުހައްމަދު ރަޝީދު (ދަރާ) ވިދާޅުވީ މި ސެޝަން ގައި ފިލްމީ މަސައްކަތުގެ އެތިކްއާ ގުޅޭގޮތުންނާއި ދާއިރާގައި މަސައްކަތް ކުރާނެ ގޮތުގެ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރާނެ ކަަމަށެވެ. އަދި ޑިޒިޓަލް މާކެޓްގައި ފިލްމު ޕްރޮމޯޓް ކުރާނެ ގޮތްތަކާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ވެސް ހިއްސާ ކުރާނެ ކަމަށެވެ.

މި ސެޝަން ގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް ބައިވެރިވޭނެ އެވެ.

މި ސެޝަން އޮންނާނީ މާދާމާ މެންދުރު 2:30 ގައި އޮލިމްޕަހު ގައެވެ.

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް އަކީ ފިލްމީ ދާއިރާގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން މީގެ ކުރީން ވަނީ އެކްޓިން ވޯކްޝޮޕްތަކާއި ސްކްރީންޕްލޭ ލިޔުމާ ގުޅޭ ވޯކްޝޮޕްތައް ބާއްވާފަ އެވެ. ފިލްމީ އެވޯޑް ނައިޓެއް ވެސް ވަރަށް އަވަހަށް ބާއްވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.