ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އަދި ހައިވޭއަށް އަރާ ވެހިކަލްތަކަށް ހުރަސް އެޅި ބައެއް ޑްރައިވަރުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.
ހުޅުމާލެ އިން ހައިވޭއަށް އަރާ ހިސާބުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ފެށުމުން އާންމު ދަތުރުފަތުރަށް ބުރޫއަރާ އެތައް ބަޔަކަށް އެކަމުން ދަތިވެއްޖެ އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށާ ރައީސުލްޖުމްހޫރިއްޔާއަށް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށް ބުނެ އެވެ. ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރާތީ އެވެ. އެ މީހުން ބުނީ އެ ކަންބޮޑުވުންތަކާ އެކު ޓްރާސްޕޯޓްގެ އިސްވެރީންނާ އެކު އެތައް ފަހަރަކު ބައްދަލްކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެ މީހުން ދަނީ މިއަދު ހަވީރުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ. އަދި އެ މީހުން މިހާރު ވަނީ ހުޅުމާލެ އިން ހައިވޭއަށް އަރާ ހިސާބުގައި ތިބެ އިހުތިޖާޖު ކުރަމުންނެވެ. އެ އިހުތިޖާޖާއި ގުޅިގެން މުޅި ސަރަހައްދު ވަނީ ޓްރެފިކް ވެފަ އެވެ. އެތައް ބަޔަކަށް ވަނީ އެ ކަމުގެ ސަބަބުން ދަތިވެފަ އެވެ.
ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އަދި ހައިވޭއަށް އަރާ ވެހިކަލްތަކަށް ހުރަސް އެޅި ބައެއް ޑްރައިވަރުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.
ޓެކްސީ ލައިނެއް ތައާރަފު ކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވައިދޭން ޓެކްސީ އެސޯސިއޭޝަނުން މަޖިލީހުގައި ވެސް ވަނީ އެދިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ލައިނެއްގެ ގޮތުގައި ނެރެން މަސައްކަތް ކުރަނީ 300 ކާރެވެ. މީގެތޭގައި ތިމާވެއްޓާ ރަހުމަތްތެރި ކާރުތައް ވެސް ހިމެނެ އެވެ. ސަރުކާރުން ވަނީ މި ހިދުމަތް ފެށުމަށްފަހު ޑްރައިވަރުންނަށް ވެސް މި ޓެކްސީ ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޓެކްސީގެ މައްސަލައަކީ ދާއިމީ ބޮޑު މައްސަލައެކެވެ. ޓެކްސީގެ ހިދުމަތް ދިނުމުގައި ހަރުދަނާ އުސޫލެއް ނެތުމާއި ޓެކްސީ ނުލިބުމުގެ މައްސަލައާ ޑްރައިވަރުންނާ ގުޅުން ހުރި މައްސަލަތައް ވެސް ވަރަށް ގިނަ އެވެ. މި މައްސަލަ ހައްލުކުރަން މިހާތަނަށް އެއްވެސް ސަރުކާރަކުން މިކަން ހައްލުވެފައެއް ނެތެވެ.