މިއީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
އަންނަ ރޯދަ މަހު ދަރިވަރުންނަށް ހާއްސަކޮށްގެން ބަންގި މުބާރާތެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ މުބާރާތް ކުރިއަށް ގެންދާނީ "ނޫރުލް އަޛާން 1446" ނަމުގައި ކަމަށެވެ. އިސްލާމިކް އެފެއާޒްގެ މޮސްކް ސެކްޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
މާލެސިޓީ ގައި ފިޒިކަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ބަންގި މުބާރާތު ގައި ބައިވެރިވާން ބޭނުންވާ ކުދީން ފޯމް ފުރިހަމަކޮށް ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ 2 :00ގެ ކުރިން ހުށައެޅުމަށް ވަނީ އެދިފަ އެވެ.
ރާއްޖޭގައި ވަރަށް ރީތިކޮށް ބަންގި ގޮވާ ކީރީތި ގުރުއާން ކިޔަވާ ޒުވާނުން އުޅެއެވެ. މިނިސްޓްރީން ހިންގި ޒުވާން ހަތީބުން ޕްރަގްރާމުން އެކަން ވަރަށް ބޮޑަށް ފާހަގަވި އެވެ.