މީރާއިން ފާހަގަކުރި ގޮތުގައި މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ކާނި ހޮޓެލްސްއިން ދައްކަންޖެހޭ އަށްލައްކަ ޑޮލަރު ނުވަތަ 13.3 މިލިއަން ރުފިޔާ އެ ކުންފުނިން އޮޅުވައިލުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިނުވެ އެވެ.
ޓެކުހަށް މަކަރުހަދައި އޮޅުވައިލިކަމުގެ ތުހުމަތުގައި ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި ގެސްޓުހައުސް ވިޔަފާރިކުރާ ކާނި ހޮޓެލްސް ކުންފުނީގެ މައްޗަށް ދައުވާކުރަން މީރާއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މާފުށީގައި ހަތަރު ގެސްޓުހައުސް އަދި އެހެން ބައެއް ރަށްރަށުގައިވެސް ގެސްޓުހައުސް ހިންގަމުން އަންނަ ކާނި ގެސްޓުހައުސްއަށް ކުރާ ތުހުމަތަކީ ގަސްތުގައި ޓެކުހަށް މަކަރުހަދައި އޮޅުވާލައި ދައްކަންޖެހޭ ޓެކުހުގެ ބައެއް ނުދައްކައި އޮތުމުގެ ތުހުމަތެވެ.
މީރާއިން ބުނެފައިވާ ގޮތުގައި 2019 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން 2022 ގެ ސެޕްޓެންބަރު މަހާ ދެމެދުގައި ކާނި ހޮޓެލްސްގެ، "ކާނި ޕާމް ބީޗް"އާއި "ކާނި ގްރޭންޑް ސީވިއު"އާއި "ކާނި ވިލެޖް" އަދި "ކާނި ބީޗް" އިން ދައްކަންޖެހޭ ޓެކުސްތައް އޮޅުވާލާފައިވެ އެވެ.
މީރާއިން ފާހަގަކުރި ގޮތުގައި މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ކާނި ހޮޓެލްސްއިން ދައްކަންޖެހޭ އަށްލައްކަ ޑޮލަރު ނުވަތަ 13.3 މިލިއަން ރުފިޔާ އެ ކުންފުނިން އޮޅުވައިލުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިނުވެ އެވެ.
މީރާއިން އެދިފައިވަނީ ކާނި ހޮޓެލްސްގެ ދެ ވިޔަފާރިކަމަށްވާ ކާނި ހޮޓެލްސް އެންޑް ޓުއާސް އަދި އަސްނާ އިންވެސްޓުމެންޓާއި އެ ކުންފުނިތަކުގެ ދެ ޑިރެކްޓަރުންކަމަށްވާ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ)އާއި އާމިނަތު އާސިމާ ސަލީމާއި އެ ކުންފުނިތަކުގެ އެކައުންޓްސް ބެލެހެއްޓުމުގެ އިސްވެރިޔާ އައިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދޭށެވެ.
މީރާއިން ބުނި ގޮތުގައި ގްރީން ޓެކުހާއި ޓިޖީއެސްޓީ އަދި ބީޕީޓީއާއި އިންކަމް ޓެކްސް ބަޔާނުތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާކަމަށް ތުހުމަތުކުރެވުމުން، އެ އިދާރާައިން ތަހުގީގުކުރި ކުރުމުން ޓެކުސް ދެއްކުމުން ރެކިގަތުމުގެ ނިޔަތުގައި ދޮގު މައުލޫމާތު އެ ބަޔާންތަކުގައި ހިމަނާފައިވާކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.