ހިތަދޫ ކިނބިވަލާދިމާލުން މޫދަށް ކްލޮރިން އެޅި މައްސަލައެއް ބަލަނީ!

އެސަރަހައްދަށް ކްލޮރިންގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވުމާއެކު ސިއްހީ އިދާރާއަކުން ވަކި ގޮތެއް އަންގަންދެން އެސަރަހައްދަށް މޫދަށް ނޭރުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފަ.

އައްޑޫ ސިޓީގެ ރަށެއް

އައްޑޫ ސިޓީ ހިތަދޫ ކިނބިވާ ސަރަހައްދުން ފުއްޓަރު ފަރާތަށް ކްލޮރިން ފާޓާތަކެއް އެޅި މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާއި ފުލުހުން ބަލަން ފަށައިފިއެވެ.

ކްލޮރިން ފާޓާތައް އެޅުމުގެ ސަބަބުން ފުއްޓަރު ސަރަހައްދުގައި ދިރިއުޅޭ މަސްތަކާއި ކަނޑުގެ އެހެން ދިރުންތައްވެސް މަރުވެގެން އެއްގަމަށް ލައްގަން ވަނީ ފަށާފައެވެ. އަދި މިސަރަހައްދުން ވަނީ މުއްދަތު ހަމަވެފައިވާ ކްލޮރިން އެކުލެވޭ 15 ބާލިދީ ފެނިފައެވެ. މިކަމާ ގުޅިގެން ފުލުހުންވެސް އަދި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލްވެސް ވިދާޅުވީ މިމައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އެކްސްގައި ހިއްސާކުރެއްވި އަދާހަމައެއްގައި ވިދާޅުވީ އެސަރަހައްދަށް ކްލޮރިން އަޅާފައިވުމުން މަހާއި ބޯވަފަދަ ދިރުންތައް މަރުވެގެން ލައްގަމުން އަންނަކަމަށެވެ. 

އެސަރަހައްދަށް ކްލޮރިން ގެންދިޔަ ބަޔަކު މިހާތަނަށް ދެނެގަނެވިފައި ނުވާއިރު އާންމުންގެ ބަޔަކު އެއަދަދަށް ކްލޮރިން ގެންގުޅެފާނެކަމަށް ގަބޫލުނުކުރެވޭކަމަށާއި، ބޮޑަށް ލަފާކުރެވެނީ އެއީ ސަރުކާރުގެ މުއައްސަސާއެއްގެ ބޭނުމަށް ގެނެސްފައިވާ ކްލޮރިން ކަމަށެވެ. އެސަރަހައްދަށް ކްލޮރިންގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވުމާއެކު ސިއްހީ އިދާރާއަކުން ވަކި ގޮތެއް އަންގަންދެން އެސަރަހައްދަށް މޫދަށް ނޭރުމަށް މޭޔަރު އިލްތިމާސްކުރައްވާފައި ވެއެވެ.

މީގެ އިތުރުން އައްޑޫ ނޭޗަރ ޕާކުންވެސް ވަނީ މޫދަށް ކްލޮރިން އެޅުމުން ނުރައްކާތެރި މާއްދާތަކެއް އުފެދޭތީ އެސަރަހައްދަށް ގޮސްއުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.