ޓޫރިޒަމް ސިނާއަތުން ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 830 މިލިއަން ޑޮލަރަށް

ޓޫރިޒަމް ސިނާއަތުން ޓެކުހާއި އެނޫން ގޮތްގޮތުން ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ ފާއިތުވި އަހަރަށްވުރެ އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކަ އެވެ.

ރިސޯޓު އޯނަރުންގެ ޖަމްއިއްޔާ މަޓީގެ ދެ މުއައްސިސުން -- ސަން

ޓޫރިޒަމް ސިނާއަތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް މި އަހަރުގެ ޖަނަވަރީން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 830 މިލިއަން ޑޮލަރަށް 12.7 މިލިއަން ޑޮލަރަށް އަރާކަން މީރާގެ ހިސާބުތަކުން ދައްކައިފި އެވެ. 

މީރާގެ ހިސާބުތަކުން ފެންނަ ގޮތުގައި ޓޫރިޒަމް ދާއިރާއިން ޓެކުހާއި އެނޫން ގޮތްގޮތުން ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު އިތުރުވެފައިވެ އެވެ. އެގޮތުން ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ އިތުރުވެފައިވެ އެވެ. 

އޭގެ އިތުރަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ލިބުނު އާމްދަނީވެސް ފާއިތުވި އަހަރަށްވުރެ އިތުރުވެފައިވެ އެވެ. ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރުގެ ޖަނަވަރީން ފެށިގެން ނޮވެންބަރުގެ ނިޔަލަށް 66.1 މިލިއަން ޑޮލަރު ލިބުނުއިރު، ނިމުނު އަހަރުގެ އެ މުއްދަތުގައި ލިގުނީ 58.4 މިލިއަން ޑޮލަރެވެ. 

ޓީޖީއެސްޓީގެ ގޮތުގައި އެ މުއްދަތުގައި ލިބިފައިވަނީ 557.4 މިލިއަން ޑޮލަރެވެ. ފާއިތުވި އަހަރު ލިބުނީ 518.8 މިލިއަން ޑޮލަރެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 63.3 މިލިއަން ޑޮލަރެވެ. ނިމުނު އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބެނީ 59.8 މިލިއަން ޑޮލަރެވެ. 

ޓޫރިޒަމާ ގުޅޭ ޓެކުސްއިން ލިބުނު އާމްދަނީ

  •  ޑިޕާޗާ ޓެކްސް: 66.1 މިލިއަން ޑޮލަރު
  •  ގްރީން ޓެކްސް: 63.3 މިލިއަން ޑޮލަރު
  •  ޓީޖީއެސްޓީ: 557.4 މިލިއަން ޑޮލަރު

އެހެންކަމުން ޓޫރިޒަމް ދާއިރާގެ ޓެކުހުގެ ގޮތުގައި އެކަނި 686.8 މިލިއަން ޑޮލަރު ދައުލަަތަށް ފާއިތުވި 11 މަސްދުވަހުގެ ތެރޭގައި ލިބިފައިވާކަމަށް މީރާގެ ހިސާބުތަކުން ދައްކަ އެވެ. 

ޓެކުސް ނޫން ގޮތްގޮތުން ޓޫރިޒަމް ސިނާއަތުން ދައްކާފައިވާ ފައިސާއިން ލިބުނު އާމްދަނީއަށް ބަލާއިރު ޓޫރިޒަމް ބޭނުންތަަކަށް ކުއްޔަށް ދޫކުރި ތަންތަނުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 23.5 މިލިއަން ޑޮލަރު މީރާއަށް ލިބިފައިވެ އެވެ. ފާއިތުވި އަހަރުގެ ފުރަތަމަ 11 މަހުން ލިބުނީ އެންމެ ތިން މިލިއަން ޑޮލަރެވެ. 

ޓެކުސް ނޫން ގޮތްގޮތުން ޓޫރިޒަމުން ލިބުނު އާމްދަނީ

  •  އެކުއިޒިޝަން ކޯސްޓު: 23.5 މިލިއަން ޑޮލަރު
  •  ލީސް އެކްސްޓެންޝަން ފީ: 20 މިލިއަން ޑޮލަރު
  •  ބިމު ކުލި: 98.9 މިލިއަން ޑޮލަރު

އަދި ޓޫރިޒަމް ބޭނުމަށް ކުއްޔަށް ނަގާފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުުރުކުރުމުގެ ފީގެ ގޮތުގައި 20 މިލިއަން ޑޮލަރު މި އަހަރު ލިބުނުއިރު ފާއިތުވި އަހަރު އެ ބައިން އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައި ނެތްކަން ފާހަގަކުރެވެ އެވެ. 

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފަައިވާ ބިންތަކުގެ ކުލީގެ ގޮތުގައި މި އަހަރު 98.9 މިލިއަން ޑޮލަރު ދައުލަތަށް ލިބުނުއިރު ފާއިތުވި އަހަރު ލިބުނީ 90.2 މިލިއަން ޑޮލަރެވެ. އޭގެ އިތުރަށް ޓޫރިޒަަމް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 237،320 ޑޮލަރު ލިބުނެވެ.  

އެހެންކަމުން މި އަހަރު ޓޫރިޒްމްއިން ޓެކުސް ނޫން ގޮތްގޮތުން ޖުމްލަ 128.4 މިލިއަން ޑޮލަރު ލިބުނެވެ. އެއާއި ޓެކުހުގެ ގޮތުގައި ލިބުނު 686 މިލިއަން ޑޮލަރު އެއްކޮށްލުމުން އެ ސިނާއަތުން ދައުލަތަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 828.4 މިލިއަން ޑޮލަރުވަނީ ލިބިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.