ސުޕްރީމް ކޯޓުގެ ބެންޗު ވެސް ބަދަލުކުރާނެ، މި ސަރުކާރުގެ ހަގީގީ ސިފަ ފެންނާނީ އޭގެ ފަހުން: ސޯލިހް

ވިދާޅުވީ މިހާރު ކުރަމުންދާ ކަންކަން ނިންމުމުން ސުޕްރީމް ކޯޓްގެ ބެންޗާ ވެސް މި ސަރުކާރުން ކުޅޭނެ ކަމަށެވެ. އަދި އޭގެ ފަހުން މި ސަރުކާރުގެ ހަގީގީ ސިފަ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުން ވެސް ސުޕްރީމް ކޯޓްގެ ބެންޗާ ކުޅެ ބަދަލު ގެންނާނެ ކަމަށާ އޭގެ ފަހުން މި ސަރުކާރުގެ ހަގީގީ ސިފަ ރައްޔިތުންނަށް ފެންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ގާނޫނު އަސާސީގެ ދިފާއުގައި" ނަމުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ސޯލިހް ވިދާޅުވީ މި ސަރުކާރުގެ އަމާޒު ހުރީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރުމަށެވެ. އެކަމަށް މަގު ފަހި ކުުރުމަށް ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ވިދާޅުވީ މިހާރު ކުރަމުންދާ ކަންކަން ނިންމުމަށް ފަހު ސުޕްރީމް ކޯޓްގެ ބެންޗާ ވެސް މި ސަރުކާރުން ކުޅޭނެ ކަމަށެވެ. އަދި އޭގެ ފަހުން މި ސަރުކާރުގެ ހަގީގީ ސިފަ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އޭގެ ކުރީން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިހާބުތަކުގައި ވޯޓްލާ އާ ސަރުކާރެއް ރައްޔިތުން އިންތިހާބު ކުރަނީ ކުރިއަށް ވުރެ ހެޔޮ ގޮތްތަކެއް ހޯދުމަށް ނަމަވެސް އަހަރު ދުވަސްވީއިރު މި ސަރުކާރަށް -- ރައީސް މުއިއްޒަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށެވެ. ދައްޗެއް އުނދަގުލެއް ދިމާނުވާ އެކަކުވެސް ނެތް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ގައުމު އެންމެ މީހެއްގެ މުށުތެރެއަށް ލުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭސީސީއާ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒެއްގެ ތެރެއަށް ގެންގޮސް މަނިޓަރީ ޕޮލިސީގެ އުސޫލު ބަދަލުކޮށް މަޖިލީސް އެއްކޮށް ހިސާރުކޮށް މަޖިލީހުގައި އޮތް ރައްޔިތުންގެ ބާރު އެއްކޮށް ދުއްވާލައިފި ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީއަށް ގެއްލުންވާނެ ހެން އަމަލު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވީ އެކަންކަމާއި ދެކޮޅަށް އަވަހަށް ތެދުވެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.