ތައިލެންޑާ ޔޫއޭއީން އާސަންދަ ދޭން ތިން ހޮސްޕިޓަލަކާއެކު އެއްބަސްވުން ހަދައިފި، އަންނަ މަހު މީހުން ފޮނުވާނެ

ޖެނުއަރީ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލްގެ ތެރެއިން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ތައިލެންޑާއި ޔޫއޭއީގެ ތިން ހޮސްޕިޓަލަކާއެކު ވަނީ އެއްބަސްވުން ހަދާފައި

އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ތައިލެންޑާއި ޔޫއޭއީގެ ތިން ހޮސްޕިޓަލަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެއީ ޑުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ.

އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ޚިދްމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެއްކެވެ.

މި ތިނަ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުމުން އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލްގެ ތެރެއިން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ތައިލެންޑާއި ޔޫއޭއީގެ ތިން ހޮސްޕިޓަލަކާއެކު ވަނީ އެއްބަސްވުން ހަދާފައި

ދިވެހީންނަށް ބޭސްފަރުވާ ކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ހޯއްދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަން ހާމަ ކުރައްވާ ވަކި ގައުމަކުން އެކަނި އާސަންދަ ސްކީމުން ބޭސްފަރުވާ ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރައްވާ ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި ސްޓޭޓްމަންޓް ގައެވެ.

އާސަންދަ މިހާރު ލިބެނީ އިންޑިއާއާ ސްރީލަންކާއަށެވެ. އެ ހިދުމަތް ލަންކާ މަދު ހޮސްޕިޓަލަށް ލިބުނަސް އިންޑިއާގެ ވަރަށް ގިނަ ހޮސްޕިޓަލްތަކަށް ލިބެ އެވެ. މިހާރު ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އިންޑިއާގެ ވަރަށް ގިނަ ހޮސްޕިޓަލްތަކަށް އާސަންދައިގެ ހިދުމަތް ލިބެ އެވެ. އެއީ އެ ހޮސްޕިޓަލްތަކަށް އޮތް ވަރަށްބޮޑު ވިޔަފާރި އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.