ޖޫރިމަނާ ނުލައި ކަރަންޓު ބިލުތައް ދެއްކުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ

ޖޫރިމަނާ މައާފުކޮށްދިނުމުން ވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ ބިލަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫރިމަނާގެ ފައިސާ ހިމަނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ ސޭލްސް ސެންޓަރު --

ރައީސް މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ ގޮތް ހަދާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ކަރަންޓު ބިލު މައާފުކޮށްދީފައި ވަނީ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ހުރި ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލުތަކަށެވެ. ޖޫރިމަނާ މައާފު ކޮށްދީފައި ވަނީ އެ މުއްދަތުގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، އެ މުއްދަތުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކުރެވޭ ގޮތަށެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ޖޫރިމަނާއާއި ނުލައި ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށް ވަގުތީގޮތުން އެޖަސްމެންޓެއް ގެނެސްފައިވާ ކަމަށެވެ. ޖޫރިމަނާ މައާފުކޮށްދިނުމުން ވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ ބިލަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫރިމަނާގެ ފައިސާ ހިމަނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.