"ހޯމް އާޓް ފަރުނީޗާ" ޕޭޖުން މުދާ ގަންނަން ފައިސާ ނުދޭތި، ހިންގަނީ ސްކޭމެއް

ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗާ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާ ކަމަށް ބުންޏެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ފައިސާ ދެއްކުމުން މުދާ ޑެލިވާ ނުކޮށްދޭ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލު ވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗާ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާ ކަމަށް ބުންޏެވެ.

"އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި 'ހޯމް އާޓް ފަރުނީޗާ' ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރައްވާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރެއްވުމަށް އިލްތިމާސްކުރަމެވެ،"

ފުލުހުން ވަނީ މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓު ކުރުމަށް އެދިފަ އެވެ.

އެކި ޕޭޖުތައް ހަދައިގެން ތަކެތި އިޝްތިހާރުކޮށް އެ ތަކެތި ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ ފައިސާ ހޯދުމަށް ފަހު ޑެލިވަރީ ނުކޮށްދޭ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމަށް ސްކޭމަރުން އެކި އުކުޅުތައް ބޭނުން ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.