ގަލޮޅު ސިޓީޕާކު އަލުން ހެދުމުގެ މަސައްކަތް ފަށައިފި

މި ޕާކު ނިމޭއިރު ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި އައުޓްޑޯ ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ކުޑަކުދިން ކުޅޭނެ ހުސް ބިމަކާއި އައުޓްޑޯ ޖިމެއް ހިމެނެ އެވެ.

ގަލޮޅު ސިޓީޕާކު ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް

ގަލޮޅު ސިޓީޕާކު އަލުން ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީކައުންސިލުން މި މަސައްކަތް ފަށާފައިވަނީ މިއަދު އެވެ. ކައުންސިލުން ބުނީ އެއްވެސް ބޭނުމެއް ނުހިފި ވީރާނާވަމުން ދިޔަ، ގަލޮޅު ސިޓީ ޕާކު، 15 އަހަރު ފަހުން އަލުން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމަށް ޓަކައި، ޕާކުގެ ވަށައި ޓިނު ޖަހައި ބަންދުކުރުމަށް ފަހު 15 އަހަރު ވީއިރު، ވެސް އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެ ތަންވެ، އެ ކަމުގެ ސަބަބުން، އެ ސަރައްހައްދުގައި ދިރި އުޅޭ ރައްޔިތުންނަށް، ތަފާތު އުނދަގޫތައް ވަމުންދާތީ، އެ ކަމުގެ ޝަކުވާތައް ވެސް ކެނޑިނޭޅި، މާލެ ސިޓީ ކައުންސިލަށް ލިބެމުންދާ ކަމަށް ވެސް ބުންޏެވެ.

މި ކަމާ ގުޅިގެން އޮގަސްޓް 8 ގައި، މާލެ ސިޓީ ކައުންސިލްގެ މޭޔާ އާދަމް އާޒިމްގެ އިސްނެންގެވުގެ މަތިން، ސިޓީ ޕާކުގައި ވަށައިގެން ޖަހާފަ ހުރި ޓިނުތައް ނަޓާލައި އެތަން ސާފުކޮށް، ކޮންމެ ވެސް ވަރަކަށް އާބަތުރަ ފިލުވާފައިވެ އެވެ.

ގަލޮޅު ސިޓީ ޕާކު އަލުން ތައްޔާރުކުރުމުގެ މަސައްކަތް މި ކުރަނީ، އެ ތަނުގައި ޖާގަ އޮތް މިންވަރުން ރައްޔިތުންގެ ބޭނުންވާ ކަންކަމަށް، ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށް ކައުންސިލުން ބުންޏެވެ.

އެގޮތުން ޕާކު ހެދުމުގެ މަސައްކަތް ނިމޭއިރު، ސީޓީ ޕާކުގައި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި އައުޓްޑޯ ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ކުޑަކުދިން ކުޅޭނެ ހުސް ބިމަކާއި އައުޓްޑޯ ޖިމަކާއި އިވެންޓް ބޭއްވުމަށް ސަރަހަދަކާއި އަދި އުމުރުން ދުވަސްވީ މީހުންނަށް މަޑުކޮށްލައިގެން ތިބުމަށް ޓަކައި، އުނދޯލި ބަހައްޓައިގެން ތައްޔާރުކޮށްފަ އޮންނަ ސަރަހައްދެއް އޮންނާނެ އެވެ.

​​މި ޕާކު ތަރައްގީ ކުރުމަށް މޭޔަރު ކަމުގައި ހުންނެވިއިރު ރައީސް މުއިއްޒު ވެސް ނިންމެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.