ފިލްމު ދައްކާނީ މި މަހުގެ 19 އަދި 20 ވަނަ ދުވަހުގެ ރެ އެވެ. އިތުރު މައުލޫމާތު އަދި ޓިކެޓް ބުކް ކުރުމަށް 9911229 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެެންޓަމައިންޓް އިން އެންމެ ފަހުން ގެނެސް ދިން ފިލްމް "ބިބީ" ގެ އިތުުރު ދެ ޝޯ ދެއްކުމަށް ނިންމައިފި އެވެ.
އެ ސްޓޫޑިއޯ އިން މިހާރު ވަނީ ފިލްމުގެ އިތުރު ދެ ޝޯ ދައްކަން ނިންމާފައިވާ ކަން ހާމަކޮށް ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ފިލްމު ދައްކާނީ މި މަހުގެ 19 އަދި 20 ވަނަ ދުވަހުގެ ރެ އެވެ. އިތުރު މައުލޫމާތު އަދި ޓިކެޓް ބުކް ކުރުމަށް 9911229 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
"ބިބީ" ޕްރިމިއާ ކުރީ އޮކްޓޫބަރު ހަވަނަ ދުވަހުގެ ރެ އެވެ. ޑާކްރެއިންގެ ކޮންމެ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް އޮންނާތީ އާންމުކޮށް ކޮންމެ ފިލްމެއް ވެސް މަސް ދުވަހަށް ދައްކަ އެވެ. ނަމަވެސް މި ފަހަރު އެ މުއްދަތަށް އޮލިމްޕަހެއް ނުލިބުނެވެ. އެހެން ކަމުން ފިލްމު ބަލާލަން ބޭނުންވާ ވަރަށް ގިނަ މީހުންނަށް އޮތީ ފުރުސަތު ނުލިބި އެވެ.
"ބިބީ" އަކީ ޑާރްކެއިންގެ ތަފާތު އުފެއްދުމެވެ. އެއީ މިހާތަނަށް އެ ސްޓޫޑިއޯ އިން އުފައްދާފައި ނުވާ ސްޓައިލެއްގެ ފިލްމެކެވެ. ބިރުވެރި / ހެއްވާ މަޖާ ފިލްމެކެވެ. މި ފިލްމަށް ވަރަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ.
ޒުވާން ރޭޑިއޯ / ޓީވީ ހުށައެޅުންތެރިޔާ އަދި ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭ އަކަށް މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވެސް އޭނާ އެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމެވެ.
ފިލްމުގެ ލީޑް ތަރީންނަކީ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ އެވެ. މީގެ އިތުރުން ޝީލާ ނަޖީބާއި އަހްމަދު ސައީދު އާއި ފުބޫ ފަދަ ތަރީން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. ހާއްސަ ރޯލަކުން އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.
ޑާކްރެއިން އަކީ އާ ތަރީންނާއި މި ދާއިރާއަށް އާ މީހުން ނެރުމަށް ބޮޑު އިސްކަމެއް ދޭ ސްޓޫޑިއޯ އެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ޑައިރެކްޝަން ނަމަވެސް ޑާކްރެއިންގެ ފައުންޑާ މުހައްމަދު އަލީ (މޮގާ) ކުރީން ދިން ޔަގީން ކަން ފަދައިން މިއީ އެ ސްޓޫޑިއޯގެ ކޮލެޓީ ހުރި މޮޅު ފިލްމެކެވެ.