އެލްއޭސީތަކަށް އެއްބާރުލުން ދޭނެކަމަށް ރައީސް ވިދާޅުވުމުން މާފުށި ކައުންސިލުގެ ޝުކުރު

މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ވިދާޅުވި ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް އެއްބާރުލުން ދެއްވުމަކީ ރަށްރަށުގެ އިގްތިސޯދު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަރައިގެންދާނެކަން ޔަގީނެވެ.

މާފުށީ ކައުންސިލްގެ ރައީސް ސޮލާހު އައިޓީބީ ފެއާގައި

ލޯކަލް އޮތޯރިޓީ ކުންފުނި (އެލްއޭސީ) ތައް ނުވަތަ ކައުންސިލް ކުންފުނިތަކަށް ސަރުކާރުން އެއްބާލުން ދޭނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރަށްރަށުގެ އިގްތިސޯދުތައް ކުރިއަރައިގެންދާނެ ކަމަށް މާފުށި ކައުންސިލުން ބުނެފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ތޮއްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްވަމުން ވަނީ އެމްޑީޕީ ސަރުކާރުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ރައީސް ޑރ. މުއިއްޒު ހުންނަވައިގެން އެލްއޭސީ ހަދަން ކުރި މަސައްކަތްތަކަށް އެއްބާލުން ނުދިން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ ސަރުކާރުން އެގޮތަށް އަމަލު ކުރިނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެގޮތަށް ކަންތައް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައިސް ދެއްވި އެވެ. 

މި ވާހަކަފުޅާ ގުޅިގެން މިރާގައި ޝާއިއުކުރި ހަބަރު ޝެއާކޮށް އެމްޑީޕީ މެޖޯރިޓީ އޮންނަ މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު ވިދާޅުވި ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް އެއްބާރުލުން ދެއްވުމަކީ ރަށްރަށުގެ އިގްތިސޯދު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަރައިގެންދާނެ ކަމެއްކަން ޔަގީނެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލުގެ ފަރާތުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އެ ރަށުގައި ގާއިމުކޮށްފައިވާއިރު، އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން މާލޭގައިވެސް އެފަދަ ކުންފުންޏެއް އުފެއްދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލުގެ ފަރާތުން އެ ކުންފުނި މެދުވެރިކޮށް ތޮއްޑޫ ރައްޔިތުންގެ މުއްސަނދިކަމާއި ތަނަވަސްކަން އިތުރުކުރުމަށްޓަކައި ހިންގަން ބޭނުންވާ ކޮންމެ މަސައްކަތެއް ހިންގުމަށް އެމަނިކުފާނު ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ތެރެއިން ދެއްވާނެ ކަމަށެވެ.

އެގޮތުން އިންވެސްޓުމެންޓު ހޯދުންކަމަށްވީ ނަމަވެސް ނުވަތަ އެނޫން ކަންކަން ކަމުގައިވީ ނަމަވެސް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި، އެކަމުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، އެ ކުންފުނިން ހިންގަވަން ބޭނުންވާ މަޝްރޫއުތަކުގައި ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ތެރެއިން ފުރިހަމައަށް ދޭނަމޭ،" ރައީސް ވިދާޅުވި އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.