ދެ ސަރުކާރުގެ ފުރަތަމަ އަހަރު | 2024 ގައި 86 ގައިދީން، 2019 ގައި 762 ގައިދީން ދޫކުރި

މި އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ނަމަވެސް އެ އިންތިހާބު ކާމިޔާބުކުރުމުގެ މަގުސަދުގައި ގައިދީން ދޫކޮށްފައިނުވާކަން ހިސާބުތަކުން ފެންނަކަމަށް ރައީސް ވިދާޅުވި އެވެ.

ގައިދީންތަކެއް ޑޮކްޓަރަށް ގެންދަނީ --
08 Dec 2024, 07:02

މި ސަރުކާރުގެ ފުރަތަމަ އަހަަރުގައި މައާފުކޮށް އަދަބު ލުއިކޮށްދީގެން ދޫކުރި ގައިދީންގެ އަދަދަކީ 86 އެއްކަމަށްވާއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފުރަތަމަ އަހަރުގައި 762 ގައިދީން ދޫކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. 

އއ.ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރިން ފެނިފައި އޮތީ ރިހެބިލިޓޭޝަން ފުރިހަމަނުކުރަނީސް ޖަލުގައި ތިބި ބޮޑެތި ކުށްވެރިން ދޫކުރަމުން އައި މަންޒަރު ކަމަށެވެ. އެގޮތަށް ބޮޑެތި ކުށްވެރިން މަގުތަކަށް ދޫކޮށްލުމުން ނަތީޖާއެއްގެ ގޮތުން ގިނަގުނަ ނުރައްކާތެރި ކަންކަން ހިނގަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ މިގޮތަށް ކުށްވެރިން ދޫކޮށްފައިހުރީ އެކިއެކި އިންތިހާބުތަކާ ދިމާކޮށްކަން ހިސާބުތަކުން ފެންނަ ކަމަށެވެ. އެގޮތުން ކުށްވެރިން ދޫކުރި އަދަދުތައް އަހަރުތަކާއެކު ރައީސް ވިދާޅުވެދެއްވި އެވެ. 

ރައީސް ހާމަކުރެއްވި ހިސާބުތަކަށް ބަލާއިރު ފާއިތުވި ރިޔާސީ އިންތިހާބާ ދިމާކޮށް 2023 ވަނަ އަހރު 429 ކުށްވެރިން ދޫކޮށްފައިވާއިރު 2022 ގައި ދޫކުރީ 256 ކުށްވެރިންނެވެ. އޭގެ ކުރީ އަހަރުގައި އޮތް ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް 458 ކުށްވެރިން ދޫކުރި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް 2019 ވަނ އަހަރު 762 ކުށްވެރިން ދޫކޮށްފައިވެ އެވެ. 

ކުރީ ސަރުކާރުގައި ދޫކުރި ގައިދީންގެ އަދަދުތައް

  •  2019 - 762 ގައިދީން ދޫކޮށްލި
  •  2021 - 458 ގައިދީން ދޫކޮށްލި
  •  2022 - 256 ގައިދީން ދޫކޮށްލި
  •  2023 - 429 ގައިދީން ދޫކޮށްލި

ރައީސް އިތުރަށް ވިދާޅުވެފައިވަނީ އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ޖަލުގައި ތިބޭ ގައިދީން މިނިވަންކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި މި އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ނަމަވެސް އެ އިންތިހާބު ކާމިޔާބުކުރުމުގެ މަގުސަދުގައި ގައިދީން ދޫކޮށްފައިނުވާކަން ހިސާބުތަކުން ފެންނަކަމަށް ރައީސް ވިދާޅުވި އެވެ. 

އެމްޑީޕީ ސަރުކާރުގައި އެއްވެސް އުސޫލެއް ނެތި ގިނަ އަދަދެއްގެ ބޮޑެތި ކުށްވެރިން ޖަލުން މިނިވަންކޮށް މުޖުތަމައަށް ނެރެފައިވުމަކީ ކުށްކުރުން އިތުރުވާ ސަބަބެއްކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ފާހަގަކުރެއްވި އެވެ. 

އަދި އިހުސާން ވިދާޅުވި ގޮތުގައި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން އެންމެ ބޮޑަށް ގެއްލިގެންދިއުމަށް މެދުވެރިވި އެއް ސަބަބަކީވެސް ކުށްވެރިން ދޫކޮށްލިއިރު ހަމައެއް އުސޫލެއް ގެންގުޅެފައި ނެތުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.