ރީކޯ މޫސަގެ މި ފޮޓޯ: ވިދާޅުވީ ހަނދާންތައް އާކޮށްދިނުމަށް މަޖުބޫރުވީ ކަމަށް

އަދި ވިދާޅުވީ މި މަންޒަރުން ސިފަކޮށް ދެނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވިލިގިލީ ޖަލުގައި މިޔަރު ފެންގަނޑަށް ޖަލު މީހުން ބާލާ މަންޒަރު ކަމަށެވެ.

ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި ސިޔާސީ ހަރަކާތްތެރިޔާ މޫސާ މަނިކު

ޖަލުގައި ކޮށްފައިވާ އަނިޔާތަކުގެ ހަނދާންތައް އައުކޮށްދީ ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި ސިޔާސީ ހަރަކާތްތެރިޔާ މޫސާ މަނިކު  ތަފާތު ފޮޓޯއެއް އާންމުކޮށްފި އެވެ.

ފޮޓޯގައި ފެންނަނީ ފަހަތަށް އަތް ބަނދެ ކަރުގައި މަހު ބޯ ފައްޗެއް އެލުވާ ކަނު ބަނދެގެން މޫދަށް ބާލާ މަންޒަރެވެ.

އެ ފޮޓޯ އާންމުކޮށް މޫސާ ވިދާޅުވީ ގާނޫނު އަސާސީއެއް އޮވެމެ އޭގާ ރައްޔިތުންގެ ބާރެއް ނެތި އަދި އަދުލްއިންސާފު ގާއިމު ކުރާނެ ފަނޑިޔާރުގެއެއް ނެތި ރައްޔިތުންގެ ފަރާތުން ބަހެއް ބުނާނެ މިނިވަން ނޫސްވެރި ކަމެއް ނެތި ދިވެހިން ތަޖުރިބާކުރި އަނިޔާވެރި މާޒީގާ ވެރީންގެ ފަރާތުން ޖަލުތަކުގައި މީހުންނަށް ކޮށްފައިވާ އަނިޔާގެ ހަނދާންތައް އައުކޮށް ދިނީ މަޖުބޫރު ވެގެން ކަމަށެވެ.

އަދި ވިދާޅުވީ މި މަންޒަރުން ސިފަކޮށް ދެނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވިލިގިލީ ޖަލުގައި މިޔަރު ފެންގަނޑަށް ޖަލު މީހުން ބާލާ މަންޒަރު ކަމަށެވެ. އެ މަންޒަރު އެ ގޮތަށް ގެނެސް ދިނީ އެކަން ލޮލުން ދުށް މީހުންގެ ދުލުހުން ކިޔާދީފައިވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ހުރިހާ ބާރުތަކެއް ވެރީންގެ އަތަށް ދިނުމުން މި މާޒީ އިޔާދަވުން ދުރެއް ނުވާނެ،" އެމްޑީޕީން ބާއްވަން ނިންމާފައިވާ 'ގާނޫނު އަސާސީގެ ދިފާއުގައި' ރެލީއަށް ތާއީދު ކުރާކަން ހާމަކޮށް މޫސަ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.