މުޒާހަރާކުރި ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވޭތޯ ބަލަނީ

ބިދޭސީން ފުރަތަމަ އެއްވީ މުލިއާގެ ކައިރިއަށެވެ. އެތަނަށް އެއްވުމުން އެ ސަރަހައްދަށް ފުލުހުން އައިސް އެމީހުން އެތަނުން ފަހަތަށް ޖެއްސި އެވެ. ފަހުން މަޖީދިއްޔާ ސްކޫލު ކައިރިއަށް އެއްވެ އެ ސަރަހައްދުގައި ތިބެ އެމީހުން ވަނީ އިހުތިޖާޖުކޮށްފަ އެވެ.

އެއްވި ބައެއް ބިދޭސީން ފުލުހުންގެ އުޅަނދަކަށް އަރުވަނީ، ފޮޓޯ: ހުރިހާ

މާލޭގެ ގްރީން ޒޯނުގައި މިއަދު މުޒާހަރާ ކުރި ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އެ މީހުން ބުނާތީ އެކަން ބަލަމުންދާ ކަމަށް ބުނެފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ މިއަދު މާލޭގެ ގްރީން ޒޯނުގައި މުޒާހަރާކުރި 55 ބިދޭސީން ފުލުހުން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިވަގުތު ދަނީ ބަލަމުން ކަމަށާ މި ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

ޝަމްއާން ވިދާޅުވީ މި ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އެ މީހުން ބުނާތީ މިވަގުތު ލޭބާ ރިލޭޝަންސް އޮތޯރިޓީގެ  ބޭފުޅުން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ގައި ހަރަކާތް ތެރިވަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ހިލާފުވާން ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

"އެފަދަ ފަރާތްތާއި މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އަމަލު ކުރެވޭނެ،" ޝައްމާން ވިދާޅުވި އެވެ.

ބިދޭސީން ފުރަތަމަ އެއްވީ މުލިއާގެ ކައިރިއަށެވެ. އެތަނަށް އެއްވުމުން އެ ސަރަހައްދަށް ފުލުހުން އައިސް އެމީހުން އެތަނުން ފަހަތަށް ޖެއްސި އެވެ. ފަހުން މަޖީދިއްޔާ ސްކޫލު ކައިރިއަށް އެއްވެ އެ ސަރަހައްދުގައި ތިބެ އެމީހުން ވަނީ އިހުތިޖާޖުކޮށްފަ އެވެ.  

ފުލުހުން އެ ސަރަހައްދަށް އައިސް އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން 
ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިންނަށްވަނީ ފެނިފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދަށް އެއްވީ އިންޑިޔާއަށާއި ބަންގުލަދޭޝަށް ނިސްބަތްވާ މަސައްކަތްތެރިންނެވެ. އެމީހުންނަކީ ކޮން ކުންފުންޏެއްގައި މަސައްކަތްކުރާ ބައެއްކަން މިހާތަނަށް ކަށަވަރުނުވެ އެވެ. އެމީހުން ތެރެއިން ހައްޔަރުކުރީ: 

  •  އިންޑިޔާގެ 38 މީހެއް
  •  ބަންގުލަދޭޝްގެ 17 މީހެއް

އިއްޔެ އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވެ އެވެ. ހަފުތާ ބަންދުގައި މަސްތުގެ ހާލަތުގައި އުޅޭ ބިދޭސީންގެ މެދުގައި މާރާމާރީތައް ހިނގުމަކީ އާންމުކަމެކެވެ. އެ މާރާމާރީއާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެފައިވަނީ އެ މައްސަލަ ބަލައި އެކަމުގައި ބައިވެރިވި މީހުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.