ރީފް ސައިޑުން ސިޓިޒަން ޕްރޮމާސްޓާ ގަޑި ދުނިޔެއަށް ތައާރަފުކުރިތާ ކުރީކޮޅު ރާއްޖެ ގެނެސް ވިއްކަން ފަށައިފި އެވެ. އެހެންވެ ޖަޕާނުގެ ސިޓިޒަން ބްރޭންޑާއި ރީފް ސައިޑާ ދެމެދު އޮންނަނީ ޒަމާންވީ ވަރުގަަދަ ގުޅުމެކެވެ.
އަތުކުރީ ގަޑީގައި ދިވެހިންގެ އިތުބާރު ލިބިފައިވާ ރީފްސައިޑުން ސިޓިޒަންގެ މަޝްހޫރު ޕްރޯމާސްޓާ ސިލްސިލާއަށް 35 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ބްރޭންޑުގެ އަތުކުރި ގަޑީގެ ހާއްސަ ސީރީޒެއް ނެރެފި އެވެ.
ރީފް ސައިޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ބާޒާރުގައި ވެސް ދާދިފަހުން ނެރުނު "ސިޓިޒަން ޕްރޯމާސްޓާ ސީރީޒް" ގެ ލިމިޓެޑް އެޑިޝަންގެ ތިން ގަޑި ވެސް ހިމެނޭ ގޮތަށް މި ބްރޭންޑުގެ މުޅިން އާ 9 މޮޑެލެއްގެ ގަޑި ތައާރަފުކޮށްފައިވެ އެވެ.
ސިިޓިޒަން ގަޑީގެ ރާއްޖޭގެ އެޖެންޓް ތައާރަފުކުރި ލިމިޓެޑް އެޑިޝަންގެ ތިން ގަޑީގެ ތެރޭގައި ހިމެނެނީ ކަނޑާއި ވަޔާއި އަދި އެއް ގަމުގެ އެކި މަސައްކަތްތަކާއި ޕްރޮފެޝަންތަކުގައި އުޅޭ މީހުންނަށް ހާއްސަ ގަޑިތަކެކެވެ. މި ގަޑިތަކަކީ 1989 އިން ފެށިގެން ސިޓިޒަން އިން ދުނިޔޭގެ ޔަގީންކަން ހޯދާފައިވާ ހިތްވަރުގަދަކަމާއި އައު ތަޖުރިބާތައް ހޯދުމުގެ ރޫހު ދައްކުވައިދޭ ފުރިހަމަ ކަލެކްޝަން އެކެވެ.
މެކޭނިކަލް ޑައިވާ 200 މީޓަރު މޮޑެލް - މިއީ ރާއްޖެފަަދަ ކަނޑުގެ އިކޮނޮމީތަކަށް ހާއްސަކޮށްފައިވާ މޮޑެލް އެކެވެ. މި ގަޑިއަކީ އެއްކޮށް ސުޕަ ޓައިޓޭނިއަމް އިން އުފައްދާފައިވާ އަތު ކުރީ ގަޑިއެކެވެ. ގަޑީގެ ކަމަރުން ފެށިގެން ގަޑީގެ މައިގަނޑަކީ ވެސް ފުލް ޓައިނޭނިއަމް އިން އުފައްދާފައިވާ އެއްޗަކަށްވުމުން ގަޑީގެ އުމުރު ދިގުކޮށްދީ ވަރުގަގަކޮށްދެ އެވެ. އަމިއްލަ ޒަތުގައި ޗާޖުކޮށްދެ އެވެ. އަދި މި ގަަޑިއަކީ އަނދިރި ތަންތަނަށް ދިޔަނަމަވެސް ގަޑި ކިޔަން އެނގޭ ގޮތަށް އުފައްދާފައިވާ ގަަޑި އެކެވެ. މިއީ
"ފުޖިޓްސުބޯ ޑައިވާ" ގެ ގަޑި އެވެ. އައިއެސްއޯ ކޮމްޕްލެއިން މި ގަޑިއަކީ މޫދު އަޑީގައި ކިތަންމެ ގިނަ ދުވަހަކު އޮތަސް ފެހި ނުޖަހާ ގޮތަށް އުފައްދާފައިވާ ގަޑިއެކެވެ.
ސްކައި ސީރީޒް - މި ޕައިލޮޓުން ފަދަ ވައިގެ ދާއިރާގެ ޕްރޮފެޝަންތަކުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ގަޑި އެކެވެ. އަމިއްލަ ޒާތުގައި ޗާޖުވާ މި ގަޑިއަކީ ލިމިޓެޑް އެޑިޝަން އީކޯ-ޑްރައިވް ރޭޑިއޯ-ކޮންޓްރޯލްޑް މޮޑެލް ގަޑިއެކެވެ. މި ގަޑި ފަރުމާކޮށްފައިވަނީ އިރުގެ ހަކަތައާއި އަލި އަދި ޖައްވުގެ ހާއްސަ ކަންކަމަށް ބަލައިގެންނެވެ. މި ގަޑިއަކީ މި ގަޑި ދުނިޔޭގެ ހުރިހާ ސަރަހައްދަކާއެކު ސިންކްރަނައިޒް ވާނެހެން އޮޓަމެޓިކުން ޓައިމް ސެޓުވާ ގޮތަށް އުފައްދާފައިވާ ގަޑި އެކެވެ. މި މޮޑެލްގައި ހިމެނޭ އެޑްވާންސްޑް ކެލް. އެޗް864 މޫވްމަންޓްގައި އީކޯ-ޑްރައިވް ގްލޯބަލް ރޭޑިއޯ-ކޮންޓްރޯލްޑް ޓެކްނޮލޮޖީ ހިމަނާފައިވެ އެވެ.
އީކޯ-ޑްރައިވް ކޮމްބިނޭޝަން ކަލެކްޝަން - މިއީ އެއްގަމަށް ހާއްސަ ގަޑި އެކެވެ. މި ސިލްސިލާގައި ހިމެނެނީ އައުޓްޑޯ އެކްސްޕެޑިޝަންތަކަށް އަމާޒުކޮށްގެން ހަދާފައިވާ 4 ގަދަ މޮޑެލެވެ. މީގެ ތެރެއިން އެއް މޮޑެލްއަކީ ލިމިޓެޑް އެޑިޝަނެކެވެ. މި ސިލްސިލާގެ ކޮންމެ ގަޑިއެއްގައި ވެސް ހުންނާނީ ހައި-ކޮންޓްރާސްޓް މެމޮރީ އިން ޕިކްސެލް (އެމްއައިޕީ) ޑިސްޕްލޭއެކެވެ. މީގެ ސަބަބުން ގަޑީގެ އެކި ފަންކްޝަންތައް ފަސޭހަ އިން ފެންނާނެ އެވެ. މި ފަންކްޝަންތަކުގެ ތެރޭގައި ޕާޕެޗުއަލް ކަލަންޑަރާއި ވޯލްޑް ޓައިމާ އަދި ކްރޮނޮގްރާފްގެ އިތުރުން ޓައިމާ އަދި އެލާމް އާއި ލައިޓް ލެވެލް އިންޑިކޭޓާ ހިމެނެ އެވެ.
ރީފް ސައިޑުން ވަނީ މި ގަޑިތައް ނެރުމުގެ އިތުރުން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ޕްރޮމާސްޓާ ގަޑިތަކުން 10 ޕަސެންޓް ޑިސްކައުންޓެއް ދިނުމުގެ އިތުރުން ގިނަ އިނާމުތަކެއްވެސް ލިބެ އެވެ.