ބީޗުގައި ބިދޭސީންގެ މާރާމާރީއެއް، ފިޔަވަޅު އެޅުމުގައި ފުލުސްގެ އިހުމާލު

މާރާމާރީ ހިނގީ ދެ ގުރޫޕެއްގެ މެދުގަ އެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުން މާރާމާރީ ހިންގީ އިންޑިއާ ބައެއްގެ މެދުގަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް | މި

އާޓިފިޝަލް ބީޗު ސަރަހައްދު ގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގައިފި އެވެ.

މިއަދު ހިނގި މާރާމަރީގެ މަންޒަރުތައް ފެންނަ ވީޑިއޯއާ ފޮޓޯތައް ވެސް ވަނީ އާންމުވެފަ އެވެ. ކޮންމެ ހުކުރު ދުވަހު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން އާޓިފިޝަލކް ބީޗު ސަރަހައްދަށް ޖަމާވެ އެވެ.

މާރާމާރީ ހިނގީ ދެ ގުރޫޕެއްގެ މެދުގަ އެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުން މާރާމާރީ ހިންގީ އިންޑިއާ ބައެއްގެ މެދުގަ އެވެ. އެ މީހުން މާރާމާރީ ހިންގުމުގެ ތެރޭގައި އެ ވަގުތު އެ ސަރަހައްދު ގައި ހުރި ދިވެހި ކުޑަކުއްޖަކަށް ވެސް އަނިޔާވި އެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔައީ ވެސް މާރާމާރީ ހިންގި މީހުން އެ ތަނުން ދިޔަ ފަހުންނެވެ. އެ ސަރަހައްދު ގައި ފުލުހުން ގަވާއިދުން ޑިއުޓީ ކުރަމުން ދިޔަ ނަމަވެސް އަދި ފުލުހުންގެ ޕޯސްޓެއް ހުރި ނަމަވެސް އެ ވަގުތު އެ ސަރަހައްދު ގައި ފުލުހަކު ނެތް ކަމަށް ވެ އެވެ.

އަނިޔާވި ކުއްޖާގެ ބެެލެނިވެރިޔާ ވަނީ ކުއްޖާއަށް އަނިޔާވުމުން އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެ މީހާ ވަނީ ފުލުހުން އެޑެންޓްވުން ލަސްވި ކަމާއި އެހާ ގިނަ އަދަދެއްގެ ބިދޭސީން އެއްވާ ތަަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެފަ އެވެ.

މި ފަހުން ވަރަށް ގިނައިން އެ ސަރަހައްދު ގައި ބިދޭސީން މާރާމާރީ ހިންގަ އެވެ. ބިދޭސީންގެ ގިނަ ބަޔަކު ހަފްތާ ބަންދު ގައި އެ ސަރަހައްދަށް އެއްވެ އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް އަމަލުތައް ބަހައްޓަ އެވެ. ދިވެހީންގެ ގިނަ ބަޔަކު ވެސް ކުޑަކުދީން ގޮވައިގެން އެ ސަރަހައްދަށް ދާއިރު މި ފަހުން އެ ސަރަހައްދުގެ ކޮންޓްރޯލް މުޅިންހެން އޮންނަނީ ބިދޭސީންގެ އަތްމަތީގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.