ކާނިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅަނީ

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ އެ މަސައްކަތަށް ޝައުގުވެެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމަށް ފަހު ބިޑް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އަލިމަސް ކާނިވަލުގެ ސްޓޭޖް: މި ސްޓޭޖް ބޭނުން ކުރާތާ 19 އަހަރު ވެގެން ގޮސްފައިވިޔަސް މަރާމާތުކޮށްފައެއް ނުވޭ

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކާނިވަލް ސަރަހައްދު ގައި އިމާރާތް ކުރެވިފައިވާ ސްޓޭޖް ތަޅާލުމަށް ފަހު އައު ސްޓޭޖެއް ތަރައްގީ ކުރަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމަށް ފަހު ބިޑް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

  •  މައުލޫމާތު ސާފުކުރުން - ޑިސެންބަރު 11
  •  އަގު ހުށަހެޅުން - ޑިސެންބަރު 16

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މަޖީދިއްޔާ އިސްކޫލްގެ އަލިމަސް ޔޫބީލްގެ ހަރަކާތްތަކުގެ ތެރޭން އަލިމަސް ކާނިވާ ފާހަގަ ވެއެވެ. ކާނިވާ ހުޅުވީ ޖަނަވަރީ 14، 2004 ގައެވެ. އެ ކާނިވަލެއް ނެތެވެ. އޮތީ "އަލިމަސް ކާނިވާ" ގެ ނަމާއި އެ ސަރަހައްދާއި ކާނިވަލަށް ހާއްސަކޮށް އެޅި ބޮޑު އިސްޓޭޖެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.