މި އެއްބަސްވުމަކީ މައިގަނޑު ގޮތެއްގައި މާލެ ސިޓީގެ އެއްގަމު ތޮށި އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށް ބުންޏެވެ.
މާލޭގެ އެއްގަމު ތޮށި އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުން ހަދަައިފި އެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިންް ބުނީ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންހޭސްމަންޓް އިން މާލެ" ގެ ކޮންސަލްޓަންސީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެ ވުޒާރާގެ ފަރާތުން ސޮއި ކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް އެވެ. ކޮންސަލަންޓަންޓް ޓީމުގެ ފަރާތުން ޗީފް ކޮންސަލްޓަންޓް ހިރޯމާ ނަމިކީ އެވެ.
މި އެއްބަސްވުމަކީ މައިގަނޑު ގޮތެއްގައި މާލެ ސިޓީގެ އެއްގަމު ތޮށި އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށް ވެސް ބުންޏެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއާ ހަމައަށް ޑިޒައިނިން ފޭސް ނިންމުމަށް ރާވާފައިވާ ކަމަށް ވެސް ބުންޏެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސެޕްޓެންބަރު 19، 2024 ގައި ރާއްޖެއާ ޖަޕާން ސަރުކާރާ މެދު ވަނީ ސޮއިކޮށްފަ އެވެ. ގްރާންޑް އެއިޑް އެއްބަސް ވުމުގައި ސޮއި އެޅީ އޮކްޓޫބަރު 28، 2024 ގަ އެވެ.