އާސަންދަ ސްކީމުން ކަވަރުކުރާ ބޭހަކަށް އަގު ނަގާނަމަ އެކަން އާސަންދައިގެ ޝިކާޔަތު ޗެޓްލައިން މެދުވެރިކޮށް އަންގައިދިނުމަށް އެދިފައިވެ އެވެ. އެއީ ވައިބާ އަދި ވަޓްސްއަޕްގައި 7951400 ނަންބަރެވެ.
ބޭސްފަރުވާގެ ހިދުމަތްތަައް ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ޔުނިވާސަލް ހެލްތު ކެއާ ސްކީމް އާސަންދައިން ފޯރުކޮށްދޭ ބޭހަކަށް ފާމަސީއަކުން އަގާނަމަ އެ ކުންފުންޏަށް އެކަން ރިޕޯޓުކުރަން އާސަންދައިން އެދިއްޖެ އެވެ.
ދައުލަތުގެ މާލީ ނިޒާމު އިސްލާހުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުން އަަންނަނީ ގެންނަމުންނެވެ. އެ ބަދަލުތަކުގެ ތެރޭގައި އާސަންދައިން ދޫކުރާ އެންމެ ގިނައިން އާންމުން ބޭނުންވާ ބޭސްތަކުގެ އަގު ކޮންޓުރޯލުކުރުން ހިމެނެ އެވެ.
މިއަދު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ނެރުނު ބަޔާނެއްގައި ބުނީ އާސަންދައިގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ބަދަލު ގެންނާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލުގެންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޮވެންބަރު 24 އިން ފެށިގެން އިތުރު 126 ބޭހެއްގެ އަގު ބަދަލުކުރާނެ ކަމުގައި އެންސްޕާއިން ބުންޏެވެ.
އެ ތާރީހުތަކުން ފެށިގެން އަގު ކޮންޓްރޯލުކުރާ ބޭސްތަކާއި އެ ބޭސްތައް އެ ތާރީހުތަކުން ފެށިގެން ވިއްކޭނެ އަގުތައް އާސަންދައިގެ ވެބްސައިޓުގައި ޝާއިއުކުރަމުންދާނެ ކަމަށްވެސް އެންސްޕާއިން ބުނެފައިވެ އެވެ.
މިހާރު އެ ފިޔަވަޅުތައް އާސަންދައިންވަނީ ތަންފީޒުކުރަން ފަށާފ އެވެ، އޭގެ އިތުރަށް ބަލްކް ޕްރޮކިއުމެންޓުގެ ތެރެއިން މުހިއްމު ބޭސްތައް ހޯދުމަށްވެސް އާސަންދައިންވަނީ ނިންމާފަ އެވެ. އެކަމުގެ އެއްބަަސްވުންތަކުގައި ސޮއިކޮށް ބަލްކު ޕްރޮކިއުމެންޓު މެދުވެރިކޮށް ބޭސް ވަރަށް އަވަހަށް ގެންނަން ފަށާނެ އެވެ.
މިއަަދު އާސަަންދައިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އާސަންދަ މެދުވެރިކޮށް ނުލިބޭ ބޭހެއްނަމަ އެ ބޭހެއް އާސަންދައިން ނުލިބޭކަން ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށެވެ. އަދި އާސަންދަ ސްކީމުން ކަވަރުކުރާ ބޭހަކަށް އަގު ނަގާނަމަ އެކަން އާސަންދައިގެ ޝިކާޔަތު ޗެޓްލައިން މެދުވެރިކޮށް އަންގައިދިނުމަށް އެދިފައިވެ އެވެ. އެއީ ވައިބާ އަދި ވަޓްސްއަޕްގައި 7951400 ނަންބަރެވެ.
އިތުރަށް އާސަންދައިން ބުނެފައިވަނީ ބަލްކް ޕްރޮކިއުމެންޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް އާސަންދަ ކަވަރޭޖު ދޭ ބޭސް ފިހާރަތަކުން ފޯރުކޮށްދޭނީ އެއްވެސް އަގަކާ ނުލައި ހިލޭ ކަމަށެވެ.