އެމްބީސީ އިން ބުނި ގޮތުގައި މިއަދުގެ ނިޔަލަށް ގުނުނު ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 452،495 އެވެ. މީގެތެރޭގައި ތިބި ބިދޭސީންގެ އަދަދަކީ 97،160 އެވެ.
މިދިޔަ މަހު މުޅި ރާއްޖޭގައި ބޭއްވި ރާއްޖޭގެ އެންމެ ބޮޑު ގުނުން ބޯހިމެނުގެ މިއަދާ ހަމައަށް ގުނުމުން ދައްކާ ގޮތުން ރާއްޖޭގައި ރާއްޖޭގައި 97،160 ބިދޭސީން ދިރިއުޅެމުންދާ ކަމަށް ދައްކައިފި އެވެ. މި އަދަދަކީ 2014 ވަނަ އަހަރުގެ ބިދޭސީންގެ އާބާދީގެ ގޮތުގައި ރާއްޖޭގެ އުޅެމުން ދިޔަ އާބާދީ އަށް ވުރެ 33،527 ބިދޭސީން އިތުރުވުމެއް ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ (އެމްބީސީ) އިން ވަނީ ބުނެފަ އެވެ.
ގައުމީ ތަފާސް ހިސާބު ބަލަހައްޓާ ވުޒާރާ، އެމްބީސީ އިން ބުނި ގޮތުގައި މުޅި ރާއްޖޭގައި މިދިޔަ މަހު ބޭއްވި ބޯހިމެނުމުން ލިބުނު ނަތީޖާ ގުނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ލިބުނު ނަތީޖާ ދައްކާ ގޮތުން މިއަދު، ގައުމީ ތަފާސް ހިސާބުގެ ދުވަހާ ހަމައަށް ގުނިފައިވާ ނަތީޖާ ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަކީ 355،331 އެވެ. އަދި ބިދޭސީންގެ އަދަދަކީ 97،160 އެވެ.
އެމްބީސީ އިން ބުނީ މިއީ އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 ޕަސެންޓު ކަމަށެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ކަމަށް ބުނެ އިމިގްރޭޝަނުން ދެއްކި ހިސާބުތަކުން ދައްކާ ގޮތުގައި 150،313 ބިދޭސީންނެވެ.
"މިއަދަދު އިތުރަށް ފުރިހަމަކުރުމަށްޓަކައި ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާއި ގުޅިގެން މިބިއުރޯއިންދަނީ އިތުރު
މަސައްކަތްތަކެއް ކުރަމުންނެވެ،" އެމްބީސީ އިން ބުނެފައިވެ އެވެ.
ތަފާސް ހިސާބު ބަލަހައްޓާ ވުޒާރާއިން ބުނި ގޮތުގައި މިހާތަނަށް ގުނު ނަތީޖާ ދައްކާ ގޮތުން ދިވެހިންނާއި ބިދޭސީން އެއްކޮށް ބަލާނަމަ މި ދެބައި ރާއްޖޭގެ ޖުމްލަ އާބާދީއަކީ 452،495 އެވެ. މި އަހަރުގެ ގުނުނު ދައްކާ ގޮތުގައި ބޯހިމެނުން ގައި މިހާތަނަށް ގުނިފައިވާ އާބާދީއަކީ އިދާރީ ރިކޯޑް ތަކުންބަލާއިރު ރާއްޖޭގެ ރެޖިސްޓާޑް އާބާދީގެ 85 ޕަސެންޓެވެ. ރެޖިސްޓާޑް އާބާދީގެ ތެރޭގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް ހިމެނޭނެކަން ފާހަގަކުރެވޭ ކަމަށެވެ.
އެމްބީސީ އިން ބުނެފައިވާ ގޮތުން ތަ ލާފައިވާތަންތަނާއި ބޯހިމެނިފައިނުވާ ފަރާތަކާއި މި ބިއުރޯގެ ފަރާތުން ގުޅުމުން ނުވަތަ ޒިޔާރަތްކުރުމުން
ދެއްވާ އެއްބާރުލުމަށް ރިއާޔަތްކޮށް، ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަ ކުރުމަށް މި ވަގުތު އެންމެ އެކަށީގެންވާ ގޮތަކީ އެފަރާތްތަކާއި ގުޅައިގެން މަޢުލޫމާތު ލިބެމުންދާ މިންވަރަކުން މައުލޫމާތު ނަގަމުން ގެންދިއުންކަމަށް އާބާދީއާއިގުޅޭ ތަފާސްހިސާބުގެ މާހިރުންގެ ލަފާ ދީފައިވާ ކަމަށެވެ
އެހެންކަމުން މިހާރުން ފެށިގެން އަންނަ މަހުގެ ގެ ނިޔަލަށް ޕޯސްޓް އެނިއުމަރޭޝަން ކޮލިޓީ ވަޒަންކުރުމަށް ސަވޭއެއް ވެސް މިބިއުރޯގެ ފަރާތުން
ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހި ފައެވެ. މިއީ ޔޫއެންއެފްޕީ އޭގެ ސަޕޯޓްއާއިއެކު ކުރެވޭ މަސައްކަތެއް ކަމަށެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ފެށި ބޯހިމެނުމުގެ މަސައްކަތް އެ މަހުގެ 27 އަށް ނިންމަން ސްޓެޓިސްޓިކްސް އިން ކަނޑައެޅިއެވެ. ނަަމަވެސް މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމާއި ބައެއް ގޭބީސީތަކުން މައުލޫމާތު ނުލިބި އެ ތާރީހަށް މަސައްކަތް ނިންމާލެވޭ ގޮތް ނުވީއެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.
ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.