ޕްރީ-ސްކޫލު ރަޖިސްޓަރީކުރުމުގައި އެއްބާރުލުންނުދީގެން އެޑިއުކޭޝަނަށް ގައްދޫ ކައުންސިލުގެ ނުރުހުން

ގައްދޫ ޕްރީސްކޫލު ރަޖިސްޓްރީކުރުމަށް އެޑިއުކޭޝަނުން ހުއްދަނުދީ ލަސްކުރާނަމަ އޭގެ ޒާތުގައި ހުއްދަ ލިބުނީކަމަށް ބަލައި ކައުންސިލުން ސްކޫލު ހިންގަން ފަށާނެކަމަށް އެ ކައުންސިލުން މިއަދު ބުނެފައިވެ އެވެ.

ގައްދޫ ކައުންސިލުގެ ރައީސް އަހުމަދު މުހައްމަދު، ފޮޓޯ:ގައްދޫ ކައުންސިލު

ގދ.ގައްދޫ ޕްރީސްކޫލު ރަޖިސްޓަރީކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީން އެއްބާރުލުން ނުލިބޭކަމަށް ބުނެ ގައްދޫ ކައުންސިލުން ނުރުހުން ފާޅުކޮށްފި އެވެ. 

ޕްރީ ސްކޫލު މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން އެއްބާރުލުން ނުލިބޭކަމަށް ބުނެ އެ ކައުންސިލުގެ ރައީސް މުހައްމަދު އަހުމަދު ސޮއިކުރައްވަައި ސިޓީއެއް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުއްވާފައިވެ އެވެ. އިއްޔެ ފޮނުއްވި ސިޓީގައި އޭނާވަނީ ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް ފާހަގަކުރައްވާފަ އެވެ. 

އެ ސިޓީގައި އަހުމަދު މުހައްމަދު ވިދާޅުވެފައިވަނީ ގައްދޫ ކައުންސިލުގެ ޕްރީސްކޫލު ރަޖިސްޓްރީކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުން ފެށިގެން ކައުންސިލުން އަންނަނީ ކުރަމުން ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބާރުލުން ނުދިނުމުގެ ސަބަބުން މަސައްކަތް ކުރިއަށްނުގޮސް މަޑުޖެހިފައިވާކަން ފާހަގަކުރެއްވި އެވެ. 

އޭނާ ސިފަކުރެއްވި ގޮތުގައި ޕްރީސްކޫލު ރަޖިސްޓްރީކޮށްނުދީ އޮތުމަކީ މިނިސްޓްރީން ގައްދޫގެ ދަރިން ޅަފަތުގެ ތައުލީމުން މަހުރޫމުކޮށް އެކަމަށް ގަސްތުގައި އަދި ފާޅުގައި ހުރަސްއެޅުމަށް ހިންގަމުންދާ އަމަލެކެވެ. 

އެޑިއުކޭޝަން މިނިސްޓަރަށް މުހާތަބުކުރައްވަައި ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ގައްދޫ ކއުންސިލާއި މިނިސްޓަރުގެ ހިޔާލު ތަފާތުވުމަކީ ގައްދޫ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެވިގެންވާނެ ސަބަބެއް ނޫން ކަމަށެވެ. އަދި އެ ހިޔާލު ތަފާތުވުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ރަށްވެހިކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްއަޅުއްވައިގެން ނުވާނެ ކަމުގައިވެސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. 

"ސިޔާސީ ގޮތުން މަނިކުފާނާއި އަދި ސަރުކާރާއި ގައްދޫ ކައުންސިލްގެ ޕޮލިޓިކަލް އެފިލިއޭޝަން ދިމާނުވުމަކީ ގައްދޫ ރައްޔިތުންގެ ހައްގަށް އަރައިގެނެވިގެންވާނެ ކަމެއް ނޫނެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން މި ކައުންސިލަށް އަދާކުރުމަށް މަތިކޮށްފައިވާ ރަށްވެހިކަމުގެ ޚިދުމަތްތައް ގައްދޫގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްއަލައިގެންވާނެ ކަމެއް ނޫނެވެ،" އަހުމަދުގެ ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ. 

ކައުންސިލުން މިއަދު ބުނީ އެ ސްކޫލު ހިންގުމުގެ ހުއްދަނުދީ ލަސްކުރަމުންދާނަމަ އޭގެ ޒާތުގައި އެ ހުއްދަ ލިބިއްޖެކަމަށް ބަލައި އެ ކައުންސިލުން ޕްރީސްކޫލު ހިންގަން ފަށާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.