މި ސަރުކާރުގެ ފުރަތަމަ 11 މަހުގައި ރިސޯޓު ހަދަން ދޫކުރި ފަޅާއި ރަށްތަކުން އެކުއިޒިޝަން އަދި ކޮންވާޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ ފާއިތުވި ދެ އަހަރަށްވުރެ 106 އިންސައްތަ އިތުރުކަން މާލީ ހިސާބުތަކުން ފެނެ އެވެ.
މި އަހަރުގެ މިހާތަނަށް ރިސޯޓު ތަރައްގީކުރަން ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ކޯސްޓު އަދި ކޮންވާޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ ފާއިތުވި ދެ އަހަރު ރިސޯޓު ހަދަން އަލަށް ރަށާއި ފަޅު ދޫކޮށްގެން ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފި އެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އަލަށް ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓާއި ކޮންވާޝަން ފީގެ ގޮތުގައި 437.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު 40.6 މިލިއަން ރުފިޔާއަށްވުރެ 976 އިންސައްތަ އިތުރު މިންވަރެެކެވެ.
އަދި މިއީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރިސޯޓު ދޫކުރަން ހުޅުވާލައިގެން ދޫކުރެވުނު ރަށްތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު ފައިސާއަށްވުރެ ގިނަ އަދަދެކެވެ. މާލީ ވުޒާރާގެ ހިސާބުތަކުން ފެންނަ ގޮތުގައި މި ދެ އަހަރު އެކުއިޒިޝަން ކޯސްޓު އަދި ކޮންވާޝަން ފީގެ ގޮތުގައި ލިބިފައިވަނީ:
އެހެންކަމުން ފާއިތުވި ދެ އަހަރު އިންވެސްޓަރުންނަށް ރަށާއި ފަޅު ދޫކޮށްގެން ދައުލަތަށް ލިބުނު އާމްދަނީއަކީ 212 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ރިސޯޓު ހެދުމަށް ރަށާއި ފަޅު ދޫކޮށްގެން ލިބުނު އާމްދަނީވަނީ 106.1 އިންސައްތަަ އިތުރުވެފަ އެވެ.
މިހާތަނަށް 11 ރަށާއި ފަޅު ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވިފައިވާކަމަށާއި، އެ ތަންތަނުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 32.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އަދި މިތަންތަނުގެ އިންވެސްޓުމެންޓުގެ އަގު 400 މިލިއަން ޑޮލަރަށްވުރެ މަތިވާނެކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.
އިތުރަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރީ މި އަހަރު ޓޫރިޒަމް ބިމުގެ ކުލީގެ ގޮތުގައި 97.4 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވެ އެވެ.
ތީ މާ މޮޅު ކަމެއްނޫން. ވެރިކަމަށް އައި އިރު 100 އަށް ވުރެ ގިނަތަންތަން ނުހެދި ހުއްޓާ އެލިސްޓަށް ތަންތަން އިތުުރ ތިކުރީ. އެއިން އެންމެ ތަނެއްވެސް ނިންމުނު ނަމަ މޮޅޭ ބުނީމުން. އަނެއްކާވެސް އިތުރު ތަންތަން ދީގެން އެއްފަހަރު ލިބޭ ލާރިކޮޅުގެ ވާހަކަ ތި ދެއްކީ. ތިއިން އެންމެ ތަނެއްވެސް މި 5 އަހަރަކު ނުހުޅުވޭނެ. ވެލާނާ އ. އެއަރޕޯޓަށްވީހެން ސޮއްސަމުން ސޮއްސަމުން ދާނީ.