ބުޅާ ފެސިލިޓީ ހެދީ ކައުންސިލުގެ ހަރަދުގައި، ހޭދަވި ފައިސާ ދިނުމުން މިނިސްޓްރީއާ ހަވާލުކުރަނީ

ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަަރުންގެ އިއްތިފާގުން ނަރީޝް ހުށަހެޅުއްވި ގޮތަށް ކައުންސިލުން ކުރި ހަރަދު އަނބުރާ ދިނުމުން ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން މިއަދުވަނީ ފާސްކޮށްފަ އެވެ.

ބުޅާ ފެސިލިޓީ އެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ --

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންދިއުމަށް ހުޅުމާލޭގައި އަޅާފައިވާ ބުޅާ ފެސިލިޓީ "އޮޅުހިޔާ" ތަރައްގީކުރީ ސިޓީ ކައުންސިލުގެ ހަރަދުގައިކަމަށްވާތީ، އެ ކަމަށް ހޭދަވި ފައިސާ ދިނުމުން އެތަން އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. 

އިއްޔެ އެނިމަލް ވެލްފެއާ މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެ ކައުންސިލުން ބުޅާ ފެސިލިޓީގައި ހަމަޖައްސާފައިވާ އިންތިޒާމުތަކާމެދު ކަންބޮޑުވުން ފާޅުކުރުމާއެކު ބުޅާ ފެސިލިޓީ ކައުންސިލުން ވަކިކޮށް ސަރުކާރަށް ނަގަން ނިންމާފައިވާކަން ކައުންސިލަށް އަންގާފައިވެ އެވެ. 

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އެޑްރެސްކޮށް އެ މިނިސްޓްރީން ފޮނުވު ސިޓީގައި ބުނެފައި ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމވީ މިދިޔަ މަހުގެ ހަތަރުވަނަ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.

އެ ޖަލްސާގައި ރައީސް މުއިއްޒު ނިންމަވާ އިރުޝާދު ދެއްވީ ބުޅާ ފެސިލިޓީ މިނިސްޓްރީގެ ދަށުން ހިންގެވެމަށް ކަމަށާ އަދި އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ބުންޏެވެ.

އެހެން ކަމުން އެކަމާމެދު މަަޝްވަރާ ކުރުމަށް ބާއްވާ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށް މޭޔަރުގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން މިއަދު އޮތް ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީ ތަރައްގީ ކުރީ އެ ކައުންސިލުން ވަރަށް ބޮޑު ހަރަދުތަކެއް ކޮށްގެން އެތަނުގެ މުވައްޒަފުން ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި އެތަން މިނިސްޓްރީއާ ހަވާލުކުރަން އެންގީ މާލޭގައި އުޅޭ ބުޅާތައް އެތަނަށް ގެންދަން ހުރިހާ ތައްޔާރީތަކެއް ކައުންސިލުން ވެފައިވަަނިކޮށް ކަމުގައި އާޒިމް ފާހަގަކުރެއްވި އެވެ. 

ފުރަތަމަ އެތަން ހަދަން ނިންމީ ދިހަ ގޮޅިއާއެކު އެތަނުގައި ވެޓިނަރީ ކްލިނިކެއް ހުންނަ ގޮތަށް ކަމަށާއި، ނަމަވެސް ކުލިނިކެއް އެޅުމަށް ވަގުތު ނަގާތީ އެ ތަނުގައި 2،000 އަކަފޫޓުގެ އިތުރު ތިން ގޮޅި ހެދުމަށް ކައުންސިލުން އެއްބަަސްވި ކަމށް އާޒިމް ވިދާޅުވި އެވެ.

އަދި މޭޔަރު ވިދާޅުވީ ކައުންސިލުން މަސައްކަތްކުރަމުންދިޔައިރު މިނިސްޓްރީން ދިޔައީ ތަކުރާރުކޮށް އަައު ކަންކަން ހުށަހަޅުން ކަމަށެވެ. އަދި ކައުންސިލުން އެ ހުރިހާ ކަމަކަށް އެޓެންޑުވެ މިނިސްޓްރީން އެދޭ ހުރިހާ ކަމެއް ހަމަޖައްސައިދެމުން ގެންދިޔަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އިތުރަށް ވިދާޅުވީ އިއްޔެ އެތަނަށް ބޭނުންވާ ވެޓުވެސް ވަޒީފާއަށް ނަގައި، ކޮށިތައްވެސް ހޯދައި ބުޅާތަކަށް ބޭނުންވާ ކާނާގެ ކަންކަން ހަމަޖައްސައި، އެތަނަށް ބުޅާ ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާނެ ކަމަށެވެ. 

އެތަން މިހާރު ހުރީ ބުޅާ ބޭތިއްބޭ މިންވަރަށް ތައްޔާރުކޮށްފައިކަން ފަހަގަކުރައްވަމުން އާޒިމް ވިދާޅުވީ މާލެ ތެރެ ބުޅަލު ނަޖިހުން ތަތްތެޅިފައި އޮތުމަށް ދޫނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފެސިލިޓީ އެޅީ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބި ކައުންސިލުގެ ބަޖެޓުންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވެފައިވަނީ އެތަން ކައުންސިލުން ދޫކޮށްލެވޭނީ އެކަމަށް ހިނގި ހަރަދު ލިބުމުން ކަމަށެވެ. 

" ކުރި ހަރަދު ވެސް އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ. އެއީ މިތަނުގެ ބަޖެޓުން އެކަން ކުރީ. އެއްވެސް ބަޖެޓެއް މިތަނަކަށް ނުލިބޭ އެކަން ކުރާކަށް. ފުލީ، މިތާ ބަޖެޓުން ހުރިހާ ކަމެއް ކުރީ މިތާ މުވައްޒަފުން ހުރިހާ ކަމެއް ކުރީ. ފެސިލިޓީ ރެޑީކޮށްފައި ހުރީ. މިހާރު ބުޅާ ގެންދެވޭނެ. މިހާރު އެތާ ބުޅާ ބޭތިއްބޭނެ.،" މޭޔަރު ވިދާޅުވި އެވެ. 

"އަޅުގަނޑު ދެކޭގޮތުގައި މާލެ ތެރޭ އުޅޭ ބުޅާތައް މާލެ ތެރެ ނަޖިސްކޮށް ރައްޔިތުން ވޭނުގައި އުޅޭއިރު، އަޅުގަނޑުމެން ބޮޑު ހަރަދުކޮށް މިތަން ހެދީމާ އެތަނަށް ބުޅާތައް ނުގެންގޮސް ހުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި ދެކެނީ،"

މޭޔަރުގެ ވާހަކަފުޅުތަކަށްފަހު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ކެބިނެޓުން ނިންމާފައިވަނީ އެ ފެސިލިޓީއަކީ ދާއިމީ ތަނަކަށް ހެދުމަށް މިނިސްޓްރީގެ ދަށަށް ބުޅާ ފެސިލިޓީ ބަދަލުކުރަން ކަމަށެވެ. އެހެންކަމުން ކައުންސިލުން ކުރި ހަރަދު އަނބުރާ ލިބޭ ގޮތަށް އެތަން މިނިސްޓްރީއާ ހަވާލުކުރަން އޭނާަ ހުށަހެޅުއްވި އެވެ. 

ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަަރުންގެ އިއްތިފާގުން ނަރީޝް ހުށަހެޅުއްވި ގޮތަށް ކައުންސިލުން ކުރި ހަރަދު އަނބުރާ ދިނުމުން ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން މިއަދުވަނީ ފާސްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.