މަސްވެރިކަން ދަށް | ކިރުވި މަހާއި އެކްސްޕޯޓުކުރި މިންވަރުވެސް މަދުވެއްޖެ

މަސް ކިރުވާ މިންވަރު މަދުވެފައިވަނީ ރާއްޖޭގެ ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނު ގަދަވުމުގެ ސަބަބުންކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެފައިވެ އެވެ.

މަސްވެރިކަން އިތުރަށް ފުޅާ ކުުރުމަށް ތަފާތު މަސައްކަތްތައް ސަރުކާރުން ވަނީ ރާވާފައި -- މިރާ

ދިވެހިރާއްޖޭގެ މަސްވެރިކަން ދަށްވެ މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ދިވެހި ކުންފުނިތަކުން މަސްގަނެފައިވާ މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 45.8 އިންސައްތަ މަދުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމުކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީން އޮކްޓޯބަރުގެ ނިޔަލަށް ކިރުވާފައިވަނީ 42،426.6 މެޓްރިކް ޓަނުގެ މަހެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ކިރުވި 78،266.3 މެޓްރިކް ޓަނަށްވުރެ 45.8 އިންސައްތަ ދަށް އަދަދެކެވެ. 

މި އަހަރު ރާއްޖޭގައި ކަޅުބިލަމަހާއި ބޮޑުކަންނެލި ކިރުވި މިންވަރުވެސް ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައިވާކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން މަރުކަޒީ ބޭންކުގެ ހިސާބުތަކުން ފެންނަ ގޮތުގައި ނިމުނު އަހަރު 65،456 މެޓްރިކްޓަނުގެ ކަޅުބިލަމަސް ކިރުވިއިރު މި އަހަރު އެ އަދަދުވަނ 49.9 އިންސައްތަ ދަށްވެ 32،779 މެޓްރިކްޓަނަށް ވެއްޓިފަ އެވެ. 

ފާއިތުވި އަހަރު 12،621 މެޓްރިކްޓަނުގެ ބޮޑު ކަންނެލި އެ މުއްދަތުގައި ކިރުވި އެވެ. ނަމަވެސް މި އަހަރު ކިރުވާފައިވަނީ 9،408 މެޓްރިކްޓަނުގެ ބޮޑު ކަންނެއްޔެވެ. އެހެންކަމުން މި އަހަރު ބޮޑުކަންނެލި ކިރުވި ނިސްބަތްވަނީ 25.5 އިންސައްތަ ދަށްވެފަ އެވެ. 

އެކްސްޕޯޓުވެސް ދަށަށް

އެމްއެމްއޭގެ ތަފާސްހިސަބުތައް ދައްކާ ގޮތުން މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 46.1 އިންސައްތަ ދަށަށް ގޮސްފައިވެ އެވެ. ނިމުނު އަހަރު 63،071.4 މެޓްރިކްޓަނުގެ މަސް ބޭރުކުރިއިރު މި އަހަރު އެ އަދަދުވަނީ 33،994 މެޓްރިކްޓަނަށް ވެއްޓިފަ އެވެ. 

ނިމުނު އަހަރާ އަޅާބަލާއިރު ގަނޑުކުރި އަދި ތާޒާ މަސް ބޭރުކުރި މިންވަރު 45.9 އިންސައްތަ ދަށްވެފައިވާއިރު ދަޅުގައި ބަންދުކޮށްގެން އަދި ޕައުޗުގައި ބޭރުކުރި މަހުގެ އަދަދުވަނީ 54.8 އިންސައްތަ ދަށްވެފަ އެވެ. 

ނިމުނު އަހަރު ޕައުޗުގައި އަދި ދަޅުގައި ބަންދުކޮށްގެން 10،613.9 މެޓްރިކްޓަނުގެ މަސް ބޭރުކޮށްފައިވާއިރު މި އަހަރު އެ އަދަދުވަނީ 4،802.2 މެޓްރިކްޓަނަށް ދަށްވެފަ އެވެ. 

މަސްވެރިކަން ދަށްވުމާއި މޫސުމީ ބަދަލުގެ ގުޅުން

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސްވެރިކަން ދަށްވެފައިވާ ސަބަަބާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކަނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދިވެހި މަސްވެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ކަމުގަ އެވެ. 

ޝިޔާމު ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްވެރިން މަސް ބާނަނީ ކަނޑުގެ މަތީ ފަށަލައިން ކަމަށްވާއިރު އެ ފަށަލަ ހޫނުވުމުގެ ސަބަބުން ކަޅުބިލަމަހާއި ކަންނެލި އޭގެ ދަށު ފަށަލައިން ދަތުރުކުރަމުންދާކަން ސައިންސްވެރިންނަށް ހޯދިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.